އިންތިޚާބު ޞައްޙަ ނުވީ ރައީސް ޔާމީނަށް 65% ލިބިވަޑައިނުގަތުމުން: އަދުރޭ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
އިންތިޚާބު ޞައްޙަ ނުވީ ރައީސް ޔާމީނަށް 65% ލިބިވަޑައިނުގަތުމުން: އަދުރޭ
ނިމިގެންދިއަ ރިޔާސީ އިންތިޚާބު ޞައްޙަ އިންތިޚާބަކަށް ނުވީ ރައީސް ޔާމީނަށް 65% ލިބިވަޑައިނުގަތުމުންކަން ދޭހަވާ ގޮތަކަށް ޕީޕީއެމްގެ ނައިބްރައީސް ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ވާހަކަފުޅު ދައްކަވައިފިއެވެ.

ޕީޕީއެމުން މިރޭ ކުރިއަށް ގެންދިއަ މުޒާހަރާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ އިންތިހާބަކީ ސައްހަ އިންތިހާބެއް ނަމަ 65 އިންސައްތައަށް ވުރެ މަތިން ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

އަދުރޭ ވިދާޅުވީ ޕީޕީއެމުން ބާއްވާ މުޒާހަރާތަކުގައި ބައިވެރިވާނެ މީޙުން މަދުވުމަކީ މައްސަލައެއް ނޫން ކަމަށާއި ޙާޞިލުކުރަން ބޭނުންވާ ކަންތައް ކާމިޔާބުވާނެ ކަމަށެވެ. މާނައަކީ ރައީސް ޔާމީނަށް ދެވަނަ ދައުރަކަށް ވެރިކަން ލިބިވަޑައިގަންނަވާނެ ކަމެވެ.

ރައީސް ޔާމީނު ހުންނެވީ މައްސަލައިގައި ކުޑަ ވެސް ދުލެއް ނުދެއްވައި ކުރިއަށް ވަޑައިގަތުމަށް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
މިއަދު އޮންލައިން