ދަރިން ކުޑައިރު ނަމާދުކުރުމުގެ ތަރުބިއްޔަތު ދީފައި ނުވާނަމަ އެކަމުގެ ޒިންމާ ނަގަން މައިން ބަފައިންނަށް ޖެހޭނެ: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ދަރިން ކުޑައިރު ނަމާދުކުރުމުގެ ތަރުބިއްޔަތު ދީފައި ނުވާނަމަ އެކަމުގެ ޒިންމާ ނަގަން މައިން ބަފައިންނަށް ޖެހޭނެ: ޑރ. އިޔާޟް
"ބޮޑުވެ ތަޝައްރަފް ފުދިފައިވާ ކުއްޖެއްގެ ގާތު ކިތަންމެ ވަރަކަށް ބުނި ނަމަވެސް ނަމާދަށް ނާރާނަމަ އެކަމުގެ ފާފަ މައިން ބަފައިންގެ ބޮލުގައި އެޅޭނެތޯ؟" މިއީ ގިނަ ބައަކު ކުރާ ސުވާލެކެވެ.

މިސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ "އެ ކުއްޖާ (ދަރިފުޅު) ކުޑައިރު ނަމާދުކުރުމުގެ ތަރުބިއްޔަތު ދީފައިނުވާނަމަ އެކަމުގެ ޒިންމާ ނަގަން މައިން ބަފައިންނަށް ޖެހޭނެ" ކަމަށެވެ.

މިއީ ގިނަ ބައަކު މިހާރު ވަރަށް ބޮޑަށް އިހްމާލުވެފައިވާ ކަމެކެވެ. ނަމާދު ކުރުމަށް ދަރިން ތަރުބިއްޔަތުކުރަނީ ވަރަށް މަދު މައިން ބަފައިންނެވެ.

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ކުޑައިރުންސުރެ ފިރިހެން ދަރިން މިސްކިތައް ގެންގޮސް ނަމާދުކުރަން އަހުލުވެރިކުރުވުމަކީ ބައްޕަގެ ޒިންމާއެކެވެ. އަންހެން ދަރިން ލައްވައި ގޭގައި ނަމާދުކުރުވުމުގައި އިސް ދައުރެއް އަދާކުރެވޭނީ މަންމައަށެވެ. އެހެން ކަމާއިއެކުވެސް އަންހެން ދަރިންވެސް ނަމާދުކުރާކަން ކަށަވަރުކުރުމަކީ ޢާއިލާގެ އެންމެ އިސް މީހާގެ ހައިޞިއްޔަތުން ބައްޕަގެ ޒިންމާއެކެވެ.

"ކޮންމެ ކުއްޖަކުވެސް އުފަންވަނީ ފިޠުރަތުގެ ސާފުކަންމަތީގައެވެ. އެ ކުއްޖާ ނަޞްރާނީކޮށް، ޔަހޫދީކޮށް އަދި މަޖޫސީ ކުރަނީ ވެސް ކުއްޖާގެ މައިން ބަފައިން" ކަމަށް އޮންނަ ޙަދީޘްފުޅަށް ވިސްނާނަމަ މިކަންކަން އެނގި ޤަބޫލުކުރެވޭނެއެވެ.
މިއަދު އޮންލައިން