ޝަރުއީ ގޮތުން ޕީޕީއެމް ރައީސް މައުމޫނާއި ހަވާލެއް ނުކުރެވޭނެ- އަބްދުއްރަހީމް

ކިޔުމަށް ހޭދަވާނީ 1މ 5ސ
ޝަރުއީ ގޮތުން ޕީޕީއެމް ރައީސް މައުމޫނާއި ހަވާލެއް ނުކުރެވޭނެ- އަބްދުއްރަހީމް
ޝަރުއީ ހަމަތަކުގެ މަތިން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ބާރުތައް އެޕާޓީ އުފެއްދެވި، އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި ހަވާލު ނުކުރެއްވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ.

ޕީޕީއެމް ގެ ބާރުތައް ރައީސް މައުމޫނާއި ހަވާލު ކުރުމަށް އެދި އެޕާޓީގެ އާންމު މެމްބަރަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް މިދިޔަ އާދީއްތަ ދުވަހު އެކޯޓުގައި ވަނީ ފަށާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޕީއެމް ގެ މިހާރު އޮތް ލީޑާޝިޕް ސައްޙަ ނޫން ކަމަށް ނިންމާ، އިލެކްޝަންސް ކޮމިޝަނުން ވެސް އެޕާޓީއިން ދާދި ފަހުން ބޭއްވި ކޮންގްރެސް ބަލައިނުގަތުމަށް ނިންމުމާ ގުޅިގެން، ރައީސް މައުމޫނާއި ޕީޕީއެމް ހަވާލު ކުރުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ގދ. ތިނަދޫ ބީޗްރެސްޓް އަހުމަދު ރަޝީދު އެވެ.

ޗެނަލް 13 އިން "އޮޅުވާލި ވޯޓު" ނަމުގައި ރޭ ގެނެސްދިން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްގެ މިލްކުވެރިކަން ކުރީގެ ރައީސް މައުމޫނާއި ހަވާލު ކުރެއްވޭނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށާއި އެއީ ޕީޕީއެމް ގެ މެމްބަރަކަށް ރައީސް މައުމޫނު ނުވާތީ ކަމަށެވެ
މިއަދު އޮންލައިން