ޑރ. އިޔާޟް ވިދާޅުވީ ދައުލަތުގެ ޕްރޮސެކިޔުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނަވައިގެން ޢައިޝަތު ބިޝާމް ވަނީ ކުށެއް ނެތް އެތައް ބައެއްގެ މައްޗަށް ނުހައްޤުން ދައުވާތަކެއް ކޮށް އަބަދުތަކެއް ދީފައިކަމަށާއި އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވުން ކަމަށެވެ.
އަނިޔާ ލިބުނު މީހުންގެ ކިބައިން މަޢާފަށް އެދިވަޑައިގަތުމަށާއި މަޢާފު ލިބިވަޑައި ނުގެންފި ނަމަ ކުރައްވާފައިވާ ކުށްތަކުގެ އަދަބު "ލިބިގަތުމަށް" އަމިއްލަފުޅަށް ފުލުހަށާއި ކޯޓަށް ވަޑައިގަތުމަށްވެސް ޑރ. އިޔާޟް ވަނީ ގޮވާލައްވައިފައެވެ.
ބިޝާމުގެ މައްޗަށް އެންމެ ގިނަ ބައަކު ނަފްރަތުކުރަނީ އެއްވެސް ހެއްކެއް ޤަރީނާއެއް ނުހުންނަ ކަމްކަމުގައިވެސް އެކަމަނާގެ ވަކީލުން ލައްވައި ކޯޓުތަކަށް ކަނޑައެޅިގެން ދޮގު މައުލޫމާތު ދީ އެތައް ބައަކު ފްރޭމްކޮށް ޖަލުގައި ބަނދުކުރުވާފައިވާކަން ހާމަވުމުންނެވެ.
"ކުށެއް ނެތް އެތައް ބައެއްގެ މައްޗަށް ޕީޖީ އިން ވަނީ ނުހައްޤުން ދައުވާތަކެއް ކޮށް އަބަދުތަކެއް ދީފައި. ވީމާ އެންމެ ރަނގަޅު ގޮތަކީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވުން. އަދި އަނިޔާ ލިބުނު މީހުންގެ ކިބައިން މަޢާފަށް އެދުން. މަޢާފު ނުލިބިއްޖެ ނަމަ ކުށުގެ އަދަބު ލިބިގަތުމަށް އަމިއްލައަށް ފުލުހަށާ ކޯޓަށް ވަޑައިގަތުން."
Kusheh neiy ethah bayeh ge machchah PG in vany nuhaggun dhauva koh adhabu thakeh dhyfai. vyma enme ragalhu gothaky amilla fulhah isthiufa dhevvun. adhi aniya libunu meehun ge kibain maafah edhun. maaf nulbijje nama kushuge adhabu libigathumah amilla fulhah court ah vadaigathun.
— Dr Mohamed Iyaz (@dr_iyaz) October 29, 2018