ހުވާކުރެއްވުމުގެ ކުރިން ޢުމްރާވެ ﷲ ގެ ޙަޟްރަތުން މަދަދަށް އެދުމަކީ އިންތިޚާބީ ރައީސްގެ ކިބައިން ފެނުނު ރަނގަޅު ސިފައެއް: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
ހުވާކުރެއްވުމުގެ ކުރިން ޢުމްރާވެ ﷲ ގެ ޙަޟްރަތުން މަދަދަށް އެދުމަކީ އިންތިޚާބީ ރައީސްގެ ކިބައިން ފެނުނު ރަނގަޅު ސިފައެއް: ޑރ. އިޔާޟް

"ޤައުމުގެ ހުންގާނާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ޢުމްރާގެ އަޅުކަން އަދާކުރައްވައި ﷲ ގެ ޙަޟްރަތުން މަދަދަށް އެދުން އެއީ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކިބައިން ފެނުނު ރަނގަޅު ސިފައެއް. ދުޢާ އަކީ މާތްﷲ އޭނާގެ މަސައްކަތުގައި ބަރަކާތް ލައްވަވައި މިޤައުމު އަމާން އައްސޭރިއަކަށް ވާޞިލުވުން.!"

މިއީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދު ކުރައްވާފައިވާ ޓްވީޓެކެވެ. ޝައިޚް ޢަލީ ޒައިދުވެސް އިއްޔެ ވަނީ ހަމަ މިމޭރުމުން ޓްވީޓެއް ކުރައްވައިފައެވެ. "ބޮޑު މަސްއޫލިއްޔަތަކާއި ހަވާލުވުމުގެ ކުރިން މައްކާގެ ގެފުޅަށް ގޮސް، ޢުމްރާއެއްވެ، ﷲ ތަޢާލާގެ ހަﷲްރަތުން ވާތްގާއި މަދަދަށް އެދުމީ އުފާވެރި ފެށުމެއް ކަމުގައި ދެކެމެވެ. މައްކާގެ ޙަރަމްފުޅުގައި ކުރާ 1 ނަމާދު، އެހެން ތަނެއްގައި ކުރާ 100،000 ނަމާދާއި އެއްވަރެވެ! ސުބްހާނަﷲ!"

މިއަދު އޮންލައިން