ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 40ސ
ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ކުރިއަރގެ މަގުން ތަފާތު ދެފަހަރެއްގެ މަތިން ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސްއިން ބުނެފައިވަނީ މިތަކެތި އަތުލައިގެންފައިވަނީ 2021 އޭޕްރީލް 17 ވަނަ ދުވަހު ކުރިއަރ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 1,579 ގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު ޖުމްލަ 4,737,000.00 (ހަތަރު މިލިއަން ހަތްލައްކަ ތިރީސް ހަތްހާސް) ރުފިޔާއަށް އަރައެވެ. 

 

#

ނަން

ޤައުމު

ބަރުދަން

ތާރީޚް

1

ކޮކެއިން (Cocaine)

ނައިޖީރިއާ

1032 ގްރާމް

17 އޭޕްރީލް 2021

2

ކޮކެއިން (Cocaine)

ޖަމައިކާ

547 ގްރާމް  (ޕެކިނާއެކު)

17 އޭޕްރީލް 2021

އަތުލައިގަނެވުނު މަސްތުވާތަކެތި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކޮށްފައިވާކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން