ރާއްޖެ އެތެރެކުރަން އުޅުނު ދިހަ މިލިއަންރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި!

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 58ސ
ރާއްޖެ އެތެރެކުރަން އުޅުނު ދިހަ މިލިއަންރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި!

ވައިގެ މަގުން އިތިއޯޕިއާއިން ރާއްޖެއައި އިނގިރޭސިވިލާތުގެ ރައްޔިތެއްގެ އަތުން ދިހަ މިލިއަންރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

މިކަމާއިގުޅިގެން ކަސްޓަމްސްއިން ބުނެފައިވަނީ 2021 އޭޕްރީލް 25 ވަނަ ދުވަހު ރާއްޖެ އައި އުމުރުން 30 އަހަރުގެ އިނގިރޭސިވިލާތުގެ ފިރިހެނެއް، އޭނާ ރާއްޖެއައިސްފައިވާ ރޫޓް އަދި އޭނާގެ ޢަމަލުތައް ހުރިގޮތުން އޭނާއާއި މެދު ޝައްކުކުރެވިގެން، މިމީހާގެ ލަގެޖް ބަލައި ފާސްކުރިއިރު، އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާކަމަށެވެ.

ފުރަތަމަ މަރުޙަލާގައި ކަސްޓަމްސް އިން މިތަކެތި ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިން (Cocaine) އަށް ވަނީ ޕޮޒިޓިވް ވެފައިވާކަމަށާއި މިމީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 3.413 ކިލޯގުރާމް ހުރިކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 10,239,000.00  (ދިހަ މިލިއަން ދެލައްކަ ތިރީސްނުވަ ހާސް) ރުފިޔާއަށް އަރައެވެ. އަދި މިމައްސަލައިގަައި ޝާމިލްވާ މީހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި ވަނީ އިތުރަށް ތަހްޤީޤް ކުރުމަށްޓަކައި 2021 އޭޕްރީލް 25 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލު ކުރެވިފައެވެ. 

މިއަދު އޮންލައިން