ނަފްރަތު އުފެއްދުވުމަކީ ކުށެއްކަމަށް ކަނޑައަޅަން މިހާރުވެސް މާބޮޑަށް ލަސްވެއްޖެ!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ނަފްރަތު އުފެއްދުވުމަކީ ކުށެއްކަމަށް ކަނޑައަޅަން މިހާރުވެސް މާބޮޑަށް ލަސްވެއްޖެ!: ޑރ. އިޔާޟް

ނަފްރަތު އުފެއްދުވުމަކީ ކުށެއްކަމަށް ކަނޑައަޅަން މިހާރުވެސް މާބޮޑަށް ލަސްވެފައިވާ ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ. 

ޑރ. އިޔާޟް މިރޭ ވިދާޅުވީ ނަފްރަތު އުފެއްދުމަކީ ކުށެއްކަމަށް ކަނޑައަޅަން ދައުލަތުގެ ބަންޑާރަ ނައިބް ނިންމެވި ނިންމެވުމަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށެވެ. 

"މިހާރަކަށް އައިސް އެތައް ބައަކު އެގެންދަނީ އިސްލާމް ދީނާއި ﷲ ތަޢާލާއަށް އަދި ރަސޫލް ﷺ އަށް ނަފްރަތު އުފައްދުވަން އެކިއެކި ކަންކަން ކުރަމުން. މިއީ މީހަކަށް ކުރެވޭނެ އެންމެ ބޮޑު އެއް ކުށް ކަމުގައި ނޫނީ ނުވާނެ! އެކަންކުރިކަން ސާބިތުވެ ބައެއް މީހުން ހައްޔަރުވެސްކުރެވުނު. ފުލުހުން ތަޙްޤީޤްވެސް ކުރޭ. ނަމަވެސް އެއިން އެއްވެސް މީހަކު ކުށްވެރިވިކަން އެނގިފައެއް ނެތް. އެއްވެސް އަދަބެއް ދިންކަންވެސް އެނގިފައެއް ނެތް."

"މިއަދު އެފަދަ ކަންކަން ކުރަނީ ހަމައެކަނި ދިވެހިންނެއް ނޫން! ބޭރު ޤައުމުތަކުން ރާއްޖެއަސް އަންނަ މީހުންވެސް އެފަދަ ކަންކަން އެބަކުރޭ! މައްސަލަތައް ކުރިމަތިވެ އެބަ ފޮނުވައިވެސްލާ! އެމީހުން ކުރާ ކުށަށް އަދަބެއް ދެވޭތަނެއް ނުފެނޭ! މިއީ މިކަން އޮންނަން ޖެހޭނެ ނޫނީ އޮވެގެންވާނެ ގޮތެއް ނޫން. ބޭރެއް އެތެރެއެއް ބަލާކަށް ނުޖެހޭނެ! ރާއްޖޭގައި އިސްލާމް ދީނާއި ﷲ ތަޢާލާއަށް އަދި ރަސޫލް ﷺ އަށް ނަފްރަތު އުފައްދުވަން އެއްވެސް މީހަކު އެއްވެސް މީހަކު އެއްވެސްކަމެއް ކޮށްފިނަމަ އެކުރީ ކުށެއް! އެކުށަށް ޙައްޤު އަދަބު ދެވެންޖެހޭނެ! މިއީ އަޅުގަނޑު ބުނާ ބަހެއް ނޫން! އިސްލާމް ދީނުގަ ކަން އޮތްގޮތް!" ކަމަށްވެސް ޑރ. އިޔާޟް ވިދާޅުވިއެވެ. 

ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވާއިރު އިސްލާމް ދީނުގެ އިތުރުން ރާއްޖޭގައި ތިއްބެވި އެންމެ ބޮޑެތި ދީނީ ޢިލްމުވެރިން ކުރައްވާ މަސައްކަތްތަކާއި ގުޅިގެން ދޮގު މައުލޫމާތު ފަތުރައި އެބޭފުޅުންނަށް ނަފްރަތު އުފައްދުވަން ތަފާތު ކަންކަން ކުރާ މީހުން ގިނަވެފައިވާކަންވެސް ފާހަގަކުރެވެއެވެ. ވީމާ މިފަދަ ބިލެއްގެ ސަބަބުން ޢިލްމުވެރިންނަށް ލިބިވަޑައިގަންނަވާ ރައްކައުތެރިކަން ިތުރުވެގެންދާނެ ކަމަށްވެސް ބެލެވެއެވެ.

މިއަދު އޮންލައިން