ﷲ ތައާލާގެ މަގުގައި ޙައްޤު ބަސް ވިދާޅުވެ ވަކާލާތުކުރެއްވެވުމުގެ ފުރުޞަތު ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފަށް މިހާރަށްވުރެ ވަރަށް ބޮޑުތަނުން އިތުރުރުވެއްޖެއެވެ.
އެއީ ޑރ،. އިޔާޟް ވަޒީފާ އަދާކުރައްވަމުން ގެންދެވި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެސިސްޓަންޓް ޕްރޮފެސަރުކަމުގެ ވަޒީފާއިން އިޔާޒް ވަކިކުރެއްވުމާއި ގުޅިގެންނެވެ.
"ހޮނޑައިދޫ ކުޑަކަތީބު" ކުޑަކަތީބުގެ ގޮތުގައި މަޝްހޫރުވި މީހުން އެމްޔޫގެ ތެރއަށް ވައްދައި އިސްލާމް ދީނަށް ރާއްޖޭގައި އެންމެ ނުރައްކާކުރާ މަލުން އެމްއެމްޔޫ ގެ ބަގީޗާތައް ފުރައިލި ހިސާބުން މިޙަމަލާ މިގޮތަށް އަންނާނެކަން އޮތީއެނގިފައެވެ.
ޖިނާޢީ ކުށެއް ކޮށްފައި ތަޙްޤީޤަށް ފިލައިގެން އުޅޭ މީހުން ޤައުމީ ޔުނިވަރސިޓީ އާއި ސަލާމަތީ ބާރުތަކުގެ ބޯޑަށް ވައްދާ ހިސާބަށް ކަންކަން ދިއުމުން އިސްލާމްދީނުގެ މަގުގައި ޙައްޤުބަސް ވިދާޅުވާ ޢިލްމުވެރިންނަށް ބިރުދައްކައި ދޫބުރިކުރަން މަސައްކަތްކުރާނެ މިންވަރު ވަރަށް ސާފު ކަމަށް ގިނަ ބައަކު ބުނެއެވެ.
އިސްލާމް ދީނުގައި އޮތްކަމެއް ނެތްކަމަށް ނުބުނެވޭނެކަމަށް ބުނުމުން އަދަބުދިން އިރު ހޮނޑައިދޫ ކުޑަކަތީބު ޖަހަންޖެހޭ ޙައްދު ޖަހަންޖެހޭކަން ބަލަން ފުލުހުން ކުރަން އުޅުނު ތަޙްޤީޤަށް ފިލުމުން މިލަނީ ފުލުހުންގެ ބޮލަށް ފައިން އެރޭ މަޤާމުތަކަށެވެ!
ﷲ ތަޢާލާ ޙައްޤަށް އަބަދުވެސް ނަސްރުދެއްވަވާނެކަން ޔަޤީނެވެ! އެއީ ޝައްކުކުރަން އޮތް ކަމެއް ނޫނެވެ. އިސްލާމް ދީނުގެ އެންމެ ބޮޑެތި އިމާމުންނަށް ޖަލުތަކުގައި އުޅުއްވަން ޖެހިވަޑައިގެންނެވިކަން އެއި ސިޔަރަތުން ސާބިތު ކަންކަމެވެ.