ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިރޭ 9.00ގަ ކްލަބް ހައުސްގައި ކުރާ ސުވާލުތަކަށް ޖަވާބު ދެއްވަވާނެއެވެ.
ހޮނޑައިދޫ ގޮނޑުދޮށުން މޫނުގަ ދޮންވެލި އުނގުޅުމުން ސަރުކާރުގެ ޤަދަރުހުރި މަޤާމް ދިނުމަށާއި މާތް ﷲ ގެ ދީނަށްޓަކާ ޙައްޤުބަސް ބުނުމުން އަދަބު ދިނުމަށް މިސަރުކާރުން ތަންފީޒުކުރާ ކަންކަމުގެ ތެރެއިން ދީނީ ޢިލްމުވެރިޔާ ޑރ. އިޔާޟް މަޤާމުން ވަކިކުރުން ވެގެން މިދަނީ ހުރިހާ ގޮތަކުންވެސް ދީނަށް ލިބުނު ވަރަށް ބޮޑުކުރިއެރުމަކަށެވެ.
ޑރ. އިޔާޟްގެ ޚިދުމަތް މިހާރުވެސް އިންތިހާއަށް އިތުރުވެފައެވެ! ﷲ ތަޢާލާ އެކަލާނގެ ދީނަށް ނަޞްރު ދެއްވަވާނެ ގޮތް ނުވެސް އެނގޭނއެވެ.