ހަމައެކަނި ހޭނ އަނގައަށް ބަލައިގެން އެއީ ޙަޤީޤީ ހިނިތުންވުމެއް ކަމެއް ނުއެނގޭނެ! ބޮޑަށް އެނގޭނީ ލޮލުގެ ޙަރަކާތުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ހަމައެކަނި ހޭނ އަނގައަށް ބަލައިގެން އެއީ ޙަޤީޤީ ހިނިތުންވުމެއް ކަމެއް ނުއެނގޭނެ! ބޮޑަށް އެނގޭނީ ލޮލުގެ ޙަރަކާތުން!

ތިބާ ފެނުމުން މީހަކު ހިތުންވެދާނެއެވެ. ހިނިތުންވެއްޖެނަމަ އެއީ ޙަޤީޤަތެއްކަން ނުވަތަ ނޫންކަން ދެނެގަތުމަކީ މިހާރު ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. "ފޭކް" ހިނިތުންވުންތައް ގިނަކަމުންނެވެ. ދަލުގައި ނުވަތަ މަޅީގައި ޖައްސުވަން ހިނިތުންވާ މީހުން ގިނަކަމުންނެވެ.

މުނާފިޤުންނާއި މަކަރުވެރިން ގިނަވި ވަރަކަށް މިފަދަ ކަންކަން ދާނީ އިތުރުވަމުންނެވެ. ވީމާ ސަލާމަތްކަން ހޯދަން ކުރެވެން އޮތް ހަމައެކަނި ކަމަކީ ޢިލްމުވެރިވެ ހޭލުންތެރިވުމެވެ. މަކަރުވެރި ޢަމަލުތައް ނުވަތަ އުކުޅުތައް ދަސްކުރަން މަސައްކަތްކުރުމެވެ.

ހަމައެކަނި ހޭނ އަނގައަށް ބަލައިގެން އެއީ ޙަޤީޤީ ހިނިތުންވުމެއް ކަމެއް ނުއެނގޭނެވެ. އެއީ ޙަޤީޤީ ހިނިތުންވުމެއް ކަމަށްވާނަމަ ބޮޑަށް އެނގޭނީ ލޮލުންނާއި ލޮލާއި ގުޅިފައިވާ ޙަރަކާތްތަކުންނެވެ. ހިނިތުންވުމުގެ ޙަޤީޤަތް ލޯ ބުނެދޭނެއެވެ. އެކަމަސް ލޯ އިޝާރާތްކުރާނެއެވެ. ދެމަފިރިންގެ ޒަވާޖީ ހަޔާތް ދެމެހެއްޓުމަށްޓަކައިވެސް މިއަދު ޙަޤީޤީ ހިނިތުންވުމާއި ފޭކް ހިނިތުންވުންތައް ދެނެގަތުން މިވަނީ ވަރަށް މުހިންމު ކަމަކަށް ވެފައެވެ. ލޯބިނުވާޙާލު ލޯބިވާކަމަސް ބުނާ މީހުން ގިނަވާފަދައިން ހިތް ނުރުހުނަސް ހިނިތުންވާ މީހުން ގިނަވާތީއެވެ.

ގުޅުންހުރި ލިޔުމެއް:

https://www.nbcnews.com/healthmain/how-spot-fake-smile-its-all-

 

 

މިއަދު އޮންލައިން