ރޯދަ ހިފުން ސުންނަތްކަންގަދަވެގެންވާ ދުވަސްތަކުގަ މިސްކިތްތަކުގަ މެންދުރު ބަތްޕާރުސަލް ބެހުމަކީ ކޮންކަހަލަ ކަމެއްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ރޯދަ ހިފުން ސުންނަތްކަންގަދަވެގެންވާ ދުވަސްތަކުގަ މިސްކިތްތަކުގަ މެންދުރު ބަތްޕާރުސަލް ބެހުމަކީ ކޮންކަހަލަ ކަމެއްތޯ؟

ރޯދަ ހިފުން ސުންނަތްކަން ގަދަވެގެންވާ ދުވަސްތަކުގައި ރާއްޖޭގެ މިސްކިތްތަކުގައި މެންދުރު ބަތް ޕާރުސަލް ބެހުމަކީ ކޮންކަހަލަ ޢަމަލެއް ކަމާއިމެދު މިއަދުގެ މެންދުރު ނަމާދަށްފަހު މާލޭގެ ބައެއް މިސްކިތްތަކުގައި މަޝްވަރާ ކުރެވުނެވެ. 

އެއީ މެދުންދުރު ނަމާދުވަގުތު ބަތްޕާރުސަލް ފޮށިގަނޑެއް ގެންދިއުމުންނެވެ. 

ތަފާތު 2 ކަމެއް ފާހަގަކުރެވުނެވެ. 

1 އާޝޫރާ ދުވަސް، އަރަފާތު ދުވަސް ފަދަ ރޯދަހިފުން ސުންނަތްކަން ގަދަވެގެންވާ ދުވަސްތަކުގައި ގިނަ ބައަކު ރޯދައަށް ތިބޭއިރު މެންދުރު ނަމާދު ވަގުތު ބަތް ޕާރުސަލް މިސްކިތަށް ގެންގޮސް ބެހުން ރަނގަޅު ނޫންކަމާއި ބަހަން ބޭނުންނަމަ ރޯދަވީއްލާ ވަގުތު ބެހުން ރަނގަޅުވާނެކަން. 

2 ޢާންމުކޮށް ވެސް ނަމާދު ވަގުތަށް މިސްކިތަށް ބަތް ޕާރުސަލް ގެންދިއުމަކީ ގިނަ މައްސަލަތަކެއް ކުރިމަތިވާ ކަމެއްކަން 

- އެގޮތުން ކޮންމެވެސް ބައަކު އިމާމް ސަލާމްދޭއިރަށް ފުންމައިގެން ޕާރުސަލް ހޯދަން ދުއްވައިގަންނަކަން-

- އެފަދަ މީހުންނަށް ރަނގަޅަށް ނަމާދުކުރަންވެސް އުނދަގުވާނެކަން. 

- އަވަސްއަވަހަށް މިސްކިތުން ފައިބަން އުޅުމުން އެހެން މީހުންނަށް އެކަމުގެ އުނދަގުވާކަން

ޞަދަޤާތް ކުރުމަކީ ކިތަންމެހައިވެސް ރަނގަޅުކަމެއްކަމާއި ނަމަވެސް ޞަދަޤާތްކުރާއިރު އެކަންކުރަން ޢަމަލުކުރެވޭ ގޮތާއި އެކަމުން ނުކުންނަ މައްސަލަތައް ހުރިނަމަ އެކަން ޙައްލުކުރެވޭނެ ގޮތަކަށް ކަންކަން ކުރުމުގެ މުހިންމުކަން ވެސް ގިނަ ބައަކު ފާހަގަކުރިއެވެ.

މީގެ އިތުރުން ބައެއް މީހުން ބުނީ މިސްކިތަށް ގެންގޮސް ބަތްޕާރުސަލް ބެހުމުގެ ބަދަލުގައި ފަޤީރު ޢާއިލާތައް ފާހަގަކޮށް ނުވަތަ ކާން ނުލިބި ތިބި ބިދޭސީން ފާހަގަކޮށް އެމީހުންނަށް ބެހުން މާރަނގަޅުވާނެ ކަމަށެވެ.

މިއަދު އޮންލައިން