ޖޫން މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ އަގު 44 އިންސައްތަ އިތުރުވެއްޖެ

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 1މ 8ސ
ޖޫން މަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ އަގު 44 އިންސައްތަ އިތުރުވެއްޖެ

ފާއިތުވި ޖޫން މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2020 ވަނަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 44 އިންސައްތަ އިތުރުވެއްޖެއެވެ.

ކަސްޓަމްސް ތަފާސް ހިސާބު ދައްކާގޮތުން 2020 ވަނަ އަހަރުގެ ޖޫން މަހު ދިވެހިރާއްޖެއަށް 2.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ޖޫން މަހު މި ޢަދަދުވަނީ 3 ބިލިއަން ރުފިޔާ އަށް އިތުރުވެފައެވެ. .

މީގެއިތުރުން، ފާއިތުވި ޖޫން މަހު ދައުލަތަށް ލިބުނު އާމްދަނީ 2020 ވަނަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 59 އިންސައްތަ ވަނީ އިތުރުވެފައެވެ. 2020 ވަނަ އަހަރުގެ ޖޫން މަހު 156 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ޖޫން މަހު މި ޢަދަދުވަނީ 247 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، ޗައިނާ، އަދި ސިންގަޕޯރ އެވެ. އޮމާން އިން 490 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފަިވާއިރު ޗައިނާ އިން 391 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޯރ އިން 354 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

ވޭތުވެދިޔަ ޖޫން މަހު އަގުގެގޮތުން ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކުރި އަދި އެކްސްޕޯޓްކުރި ޤައުމުތަކުގެ ލިސްޓްގެ އިތުރުން ޕްރޮސެސް ކުރެވުނު ޑިކްލަރޭޝަންގެ އަދަދާ ކްލިއަރަންސް ދެވުނު އުޅަނދުފަހަރުތަކުގެ ތަފާސް ހިސާބު ތާވަލު ތިރީގައި އެވަނީއެވެ.

މިއަދު އޮންލައިން