އިންޑިއާއަށް އުދުހުން މަނާކުރުން އޮގަސްޓް މަހުގެ ނިޔަލަށް އިތުރުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 36ސ
އިންޑިއާއަށް އުދުހުން މަނާކުރުން އޮގަސްޓް މަހުގެ ނިޔަލަށް އިތުރުކޮށްފި

ކޮވިޑްގެ ޙާލަތު ނުރައްކާވަމުންދާތީ އިންޑިއާއަށް ފްލައިޓްތައް ޖެއްސުމާއި އިންޑިއާއިން އެހެން ޤައުމުތަކަށް އުދުހުން އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ. ވައިގެ ދަތުރުފަތުރުތައް އިންޑިއާއިން މެދުކަނޑައިލީ މާރިޗް މަހުގެ 23 ވަނަ ދުވަހުއެވެ. 

ތަފާސް ހިސާބުތައް ދައްކާގޮތުން އިންޑިއާގައި ކޮރޯނާ ޖެހުނު މީހުންގެ ޢަދަދު މިހާރުވަނީ 32 މިލިއަނާއި ގާތްކޮށްފައެވެ. ހަތަރުލައްކައަށްވުރެ ގިނަ މީހުން ބަލީގައި މަރުވެފައިވާއިރު ހަތަރުލައްކައަށްވުރެ ގިނަ މީހުންނަށް މިހާރުވެސްދަނީ ފަރުވާދެމުންނެވެ. 

ދުނިޔޭގެ ޗާޓަށްބަލާއިރު އެމެރިކާ ފިޔަވައި އެންމެ ގިނަބައަކަށް ކޮވިޑްޖެހިފައިވަނީ އިންޑިއާގައެވެ. އެމެރިކާ އާއި ބްރެޒިލް ފިޔަވައި އެންމެ ގިނަބައަކު މަރުވެފައިވަނީވެސް އިންޑިއާގައެވެ.

މިއަދު އޮންލައިން