ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ބަނގުއާވިތަކެއް ނައްތާލައިފި!

މިއަދު
ކިޔުމަށް ހޭދަވާނީ 44ސ
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ބަނގުއާވިތަކެއް ނައްތާލައިފި!

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ބަނގުއާވިތަކެއް ނައްތާލައިފިއެވެ.

ކަސްޓަމްސް އިން ބުނެފައިވަނީ މި ތަކެތި ނައްތާލާފައިވަނީ 3 އޮގަސްޓް 2021 ދުވަހު ކ. ތިލަފުށީ ކުނި ނައްތާލާ ސަރަޙައްދުގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައި ކަމަށެވެ.

މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ޤަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ މިނޫންވެސް ސަބަބަކާހުރެ ނައްތާލުމުގައި ކަސްޓަމްސްއިން ޢަމަލުކުރާ އުޞޫލުގެ ދަށުން ނައްތާލެވުނު ތަކެތި ކަމަށާއި އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ނައްތާލެވިދާނެކަމަށް ކަސްޓަމްސްގެ ޢާންމު ޤަވާއިދުގައި ބަޔާންކުރެވިފައިވާކަމަށްވެސް ކަސްޓަމްސް އިން ބުނެފައިވެއެވެ.

 

 

މިއަދު އޮންލައިން