އިޚްލާޞްތެރިކަމާއިއެކު ހަރުކަށިފިކުރު ފިލުވާލަން ބޭނުންނަމަ ފުރަތަމަ ކުރަންޖެހޭ ކަމަކީ ލާދީނީ ފިކުރު ނައްތާލުން-!: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
އިޚްލާޞްތެރިކަމާއިއެކު ހަރުކަށިފިކުރު ފިލުވާލަން ބޭނުންނަމަ ފުރަތަމަ ކުރަންޖެހޭ ކަމަކީ ލާދީނީ ފިކުރު ނައްތާލުން-!: ޑރ. އިޔާޟް

އިޚްލާޞްތެރިކަމާއި އެކު ހަރުކަށިފިކުރު ފިލުވާލަން ބޭނުންނަމަ ފުރަތަމަ ކުރަންޖެހޭ ކަމަކީ ލާދީނީ ފިކުރު ނައްތާލުންކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ. 

ސަބަބެއްކަމަށް ޑރ. އިޔާޟް ވިދާޅުވެފައިވަނީ ހަރުކަށި ފިކުރުގެ އަޞްލަކީ އަދި އެފިކުރު އުފެދެން މެދުވެރިވާ ސަބަބަކީ ލާދީނީ ފިކުރު ފުޅާވުން ކަމަށެވެ. 

"އިޚްލާޞްތެރިކަމާއި އެކު ހަރުކަށިފިކުރު ފިލުވާލަން ބޭނުންނަމަ ފުރަތަމަ ކުރަންޖެހޭ ކަމަކީ ލާދީނީ ފިކުރު ނައްތާލުމެވެ. ސަބަބަކީ ހަރުކަށި ފިކުރުގެ އަޞްލަކީ އަދި އެފިކުރު އުފެދެން މެދުވެރިވާ ސަބަބަކީ ލާދީނީ ފިކުރު ފުޅާވުމެވެ."

ޑރ. އިޔާޟް މިފަދަ ބަސްފުޅެއް ވިދާޅުވެފއިވާއިރު ރާއްޖޭގައި ފައުޅުގައި ލާދީނީ ބަސްތައް ބުނެ ލާދީނީ ޢަމަލުތައް ހިންގައި އެހެން ދީންތައް ޕްރަމޯޓުކުރުމުގެ ޙަރަކާތްތައް ފައުޅުގައި ހިންގާ ފަރާތްކާއިމެދު އަޅާ ފިޔަވަޅެއް އެނގޭކަށް ނެތެވެ. އަބަދުވެސް ލިޔަންޖެހެނީ ހަރުކަށިފިކުރުގެ މީހުންނަށް އަޅާ ފިޔަވަޅުތަކުގެ ވާހަކަތަކެވެ.  

ﷲ ތަޢާލާގެ ދީން ނިކަމެތިކުރަން ހިންގާ ޙަރަކާތްތަކަށްވުރެ ހަރުކަށި ފިކުރުގެ ޙަރަކާތްތަކަކީ ކޮބައިކަން ހާމަކޮށްދެވިފައިނުވާކަންވެސް ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން