ޑރ. އިޔާޟް ރައީސް މައުމޫނަށް: ރަސޫލާ ޞޢވ, ދެކެ ލޯބިން ކުރަން އޮތް ފުރަތަމަ ކަމަކީ އެކަލޭގެފާނު ގެންނެވި ކަންކަން ބަލައިގަނެ ޢަމަލުކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ޑރ. އިޔާޟް ރައީސް މައުމޫނަށް: ރަސޫލާ ޞޢވ, ދެކެ ލޯބިން ކުރަން އޮތް ފުރަތަމަ ކަމަކީ އެކަލޭގެފާނު ގެންނެވި ކަންކަން ބަލައިގަނެ ޢަމަލުކުރުން!

ރަސޫލާ (ﷺ) ދެކެ ލޯބިން ކުރަން އޮތް އެންމެ ފުރަތަމަ ކަމަކީ އެކަލޭގެފާނު ގެންނެވި ކަންކަން ބަލައިގަނެ ޢަމަލުކުރުން ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ. 

"އެންމެ ފުރަތަމަ ކުރަންޖެހޭނެ ކަމަކީ ބަންގިގޮވީމާ (ފިރިހެނުން) މިސްކިތަށްގޮސް ޖަމާޢަތުގަ ނަމާދުކުރުން. އަނބިދަރިން ޤުރްއާނުގައިވާ މިންވަރަށް އަޢުރަ ނިވާކުރުވުން. މިދެކަންތައް ނުކޮށް ހުންނަ މީހަކު ތިމަންނާ ރަސޫލް (ﷺ) ދެކެ ލޯބިވާކަމަށް ބުނުމަކުން އެއީ ޤަބޫލުކުރެވޭނެ ކަމެއް ނޫން." ކަމަސްވެސް ޑރ. އިޔާޟް ވިދާޅުވިއެވެ. 

ޑރ. އިޔާޟް ވިދާޅުވީ ރަސޫލް (ﷺ) ދެކެ އެންމެ ބޮޑަށް ލޯބިފުޅުވާނީ ޞަޙާބީން ކަމަށެވެ. ނަމަވެސް ރަސޫލްގެ ޙަޔާތްޕުޅުގައިވެސް އަދި ޞަޙާބީންގެ ޒަމާނުގައިވެސް ރަސޫލް (ﷺ) ގެ އުފަން ދުވަސް ފާހަގަކުރައްވަވާފައި ނުވާކަމަށެވެ. އެހެންކަމުން އެކަމަކީ ރަސޫލް (ﷺ) ދެކެ ލޯބިން އެއްވެސް މީހަކު ކުރަން އޮތް ކަމެއް ނޫންކަން އެއޮތީ ސާބިތުކަމާއިއެކު ފެންނަން ކަމަށެވެ. 

"ދީނުގެ ޙުކުމްތައް ބިނާވަނީ ހަވާނަފްސުގެ މައްޗަކަށްނޫން! ދީނުގެ ޙުކުމްތައް ބިނާވަނީ ދަލީލުގެ މައްޗަށް. ޙައްގު ކަމުގައި ދަޢްވާކުރާ ނަމަ އިސްލާމީ ޝަރީޢަތުގެ މަޞްދަރަކުން ދަލީލެއް ދައްކަންޖެހޭ." ކަމަށްވެސް ޑރ. އިޔާޟް ވިދާޅުވިއެވެ. 

ދީނުގައި ކުރަން ނެތް ކަންކަން އުފައްދައިގެން އަޅުކަމުގެ ގޮތުގައިކުރުމަކީ ބިދުޢައެވެ. އެއީ ކުރެވޭނެ އެންމެ ބޮޑު އެއް ފާފައެވެ. 

ދަލީލް: 

ޞަޙާބީންގެ ޒަމާނުގައި އެއްދުވަހަކު މިސްކިތަށް އަރައި ޖަމާޢަތްހަދައިގެން ތިބެ ރީތި ރާގުތަކަށް ޝަހާދަތް ކިޔަން ފެށުމުން ޞަޙާބީ ބޭކަލަކު ވަޑައިގެން އެކަން އެގޮތަށް ކުރުން މަނާކުރެއްވެވިއެވެ. އެއީ އެމީހުން ﷲ ތަޢާލާއަށް ލޯބިން ކުރާ ކަމެއް ކަމަށް ދެންނެވުމުންވެސް ވިދާޅުވީ "ތިއައީ (ރަސޫލް (ﷺ) ގެ ޙަޔާތްޕުޅުގައި) އަޅުކަމުގެ ގޮތުން ކޮށްއުޅުނު ކަމެއް ނޫން"  ކަމަށެވެ.

މިއަދު އޮންލައިން