ބްރެޒިލް އިން ރާއްޖެ އައި މީހެއްގެ އަތުން އަށާރަ ކިލޯއަށްވުގެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 56ސ
ބްރެޒިލް އިން ރާއްޖެ އައި މީހެއްގެ އަތުން އަށާރަ ކިލޯއަށްވުގެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެ މަގުން ބްރެޒިލް އިން ރާއްޖެއައި އެ ޤައުމުގެ ރައްޔިތެއްގެ އަތުން މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސްއިން ބުނެފައިވަނީ  މިމަހުގެ2 ވަނަ ދުވަހު ރާއްޖެ އައި އުމުރުން 28 އަހަރުގެ ބްރެޒިލް ފިރިހެނެއްް، އޭނާއާއި މެދު ޝައްކުކުރެވިގެން، އޭނާގެ ލަގެޖް ކަސްޓަމްސް އިން ބަލައި ފާސްކުރިއިރު، އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާކަމަށެވެ. 

ފުރަތަމަ މަރުޙަލާގައި މިތަކެތި ކަސްޓަމްސް އިން ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންއަށް ވަނީ ޕޮޒިޓިވް ވެފައެވެ. މިމީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 18.857 ކިލޯގުރާމް ހުރިކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ. 

މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 94،000،000.00 (ނުވަދިހަ ހަތަރު މިލިއަން) ރުފިޔާއަށް އަރާ ކަމަށާއި އަދި މިމައްސަލައިގައި ޝާމިލްވާ މިހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައި ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.

 

 

މިއަދު އޮންލައިން