މައިލޯ ނެޓްބޯލް ޓޯނަމަންޓްގެ ރޭ ކުޅުނު މެޗްތައް ކްލަބް ގްރީން ސްޓްރީޓސްއާ ޒެނިތު ސްޕޯޓްސް ކްލަބުން ކާމިޔާބުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
މައިލޯ ނެޓްބޯލް ޓޯނަމަންޓްގެ ރޭ ކުޅުނު މެޗްތައް ކްލަބް ގްރީން ސްޓްރީޓސްއާ ޒެނިތު ސްޕޯޓްސް ކްލަބުން ކާމިޔާބުކޮށްފި

މައިލޯ ނެޓްބޯލް ޓޫނަމަންޓްގެ ރޭ ކުޅުނު މެޗްތައް ކްލަބް ގްރީން ސްޓްރީޓސްއާއި ޒެނިތު ސްޕޯޓްސް  ކްލަބުން ކާމިޔާބުކޮށްފިއެވެ   

ކްލަބް ގްރީން ސްޓްރީޓްސް އާއި ޔުނިޓެޑް ޔުނިޓީ ސްޕޯޓްސްކްލަބް  ބައްދަލުކުރި މެޗް 05/88 ޕޮއިންޓުން ކާމިޔާބުކުރީ ކްލަބް ގްރީން ސްޓްރީޓްސް އެވެ. މެޗްގެ ކްއީން އޮފްދަ މެޗްގެ މަޤާމް ހޯދީ ކްލަބް ގްރީން ސްޓްރީޓްސްގެ ކެޕްޓަން އައިމިނަތު ރީމް ޝާމްއެވެ. 

ދެވަނައަށް ކުޅުނު ޒެނިތް ސްޕޯޓްސް ކްލަބާއި  ކްލަބް މެޓްރިކްސް ބައްދަލުކުރި މެޗް 34/37 ޕޮއިންޓުން ކާމިޔާބުކުރީ ޒެނިތު ސްޕޯޓްސް ކްލަބެވެ. މެޗްގެ ކްއީން އޮފްދަ މެޗްގެ މަޤާމް ހޯދީ ޒެނިތު ސްޕޯޓްސް ކްލަބުގެ ޢާއިޝަތު ނީޝާއެވެ.

މިއަދު އޮންލައިން