ހުރިހާ ވޭރިއަންޓްތަކުންވެސް ސަލާމަތްކަން ލިބުން ވަނީ ﷲ ދެއްވެވުމުން- ޢީދު ދުވަހު ޖެއްސުވި ގޮތަށް މުސްލިމުންގެ ހިތުގަ ނުޖައްސުވާތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ހުރިހާ ވޭރިއަންޓްތަކުންވެސް ސަލާމަތްކަން ލިބުން ވަނީ ﷲ ދެއްވެވުމުން- ޢީދު ދުވަހު ޖެއްސުވި ގޮތަށް މުސްލިމުންގެ ހިތުގަ ނުޖައްސުވާތި!

ކޮވިޑުގެ އާ ވޭރިއަންޓެއް ފެނުމުން އެއަށް ނަންދީފައިވަނީ އޮމިކްރޮން އެވެ. މައިކްރޯވޭވް ކީނަމަވެސް ކޮންމެ ނަމެއްކީ ނަމަވެސް އާ ބްރިލިއަންޓެއް ފެނުނު ނަމަވެސް އަސްލަކީ އެކައްޗެކެވެ. ﷲ ތަޢާލާގެ ޙަޟްރަތުން އަންނަ މުޞީބާތެއްކަމެވެ. 

ކަމާއިބެހޭ ފަރާތްތަކަށް ދަންނަވާލަން އޮތީ ފިޠުރުޢީދު ދުވަހު މުސްލިމުންގެ ހިތުގައި ޖެއްސުވިގޮތަށް އެކަން ތަކުރާރުކުރަން ނުހައްދަވާށެވެ. 7.30 ގައި ޢީދު ނަމާދަށް މިސްކިތްތަކަށް ޖަމާވެއްޖެނަމަ ކޮރޯ ޖެހިފައި އެއިގެ ދެގަޑިއިރުފަހުން މަޖީދީމަގު/ސޯސަންމަގު ކަންމައްޗަށް މިސްކިތެއްގައި ޢީދުނަމާދުކުރަންދާ މީހުންނަށްވުރެ މާގިނަ މީހުން ޖަމާވުމުން ކޮރޯނާ ނުޖެހޭގޮތަށް ނިންމި ފަރާތްތަކުގެ ލަފާ ޤަބޫލުކޮށްގެން ކޮރޯއަކުންވެސް އަދި އެހެން ބައްޔަކުންވެސް ސަލާމަތެއް ނުވެވޭނެއެވެ. 

ކޮވިޑް ހުއްޓުވާނީ އަހަރެންކަމަށް ބުނެ ނުކުތް މީހުންނަށް ކުރެވުނު ކަމެއްވެސް ނުފެނުނެވެ. މުސްލިމުން ޤަބޫލުކުރަނީ ޝިފާލިބިގެންދިއައީ ޖަމާޢަތުގައި ނަމާދުކުރުން މަނާކުރުމުންވެސް ﷲ ތަޢާލާއަށް ބިރުވެތިވެ ޖަމާއަތުގައި ނަމާދުކޮށް ދުޢާކުރި މީހުންގެ ދުޢާއިން ކަމަށެވެ. 

މިއަންނަ ރާޅުތަކަށް ކިޔަންވީ ވައިރަންޓެއް ނޫނެވެ. ވައިބްރަންޓެވެ. އެއީ ބާރުގަދަ ވައިބްރޭޓަރެއް ޖެއްސީމާ މުޅި ސަރަހައްދަށް ލޮޅުން އަރާ ފަދައިން ވައިރަސްއާއިއެކު މުޅި ދުނިޔެއަށް ލޮޅުން އަރަމުންދާތީއެވެ. ދުނިޔޭގެ ހުރިހާ ކަންކަމަށް ލޮޅުން އަރަމުންދާތީއެވެ.

 

މިއަދު އޮންލައިން