މާރިޔާ އިންޑިއާގަ ހަދަނީ ބޮޑެތި ދޮގުތައް: އިންޤިލާބު ގެންނާނަން! ޙަރަކާތުގަ ހުރިހާ ދާއިރާތަކުގެ އިސް މީހުން އެބަ ތިބި!: ފުރަހަނި ޝުޢައިބު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
މާރިޔާ އިންޑިއާގަ ހަދަނީ ބޮޑެތި ދޮގުތައް: އިންޤިލާބު ގެންނާނަން! ޙަރަކާތުގަ ހުރިހާ ދާއިރާތަކުގެ އިސް މީހުން އެބަ ތިބި!: ފުރަހަނި ޝުޢައިބު

ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެން އުޅުއްވާ ޑިފެންސް މިނިސްޓަރު މާރިޔާ އިންޑިއާގެ މުއައްސަސާތަކުގައާއި މީޑިއާތަކުގައި ދައްކަވަމުން ގެންދަވަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއްކަމަށް ވިދާޅުވެ މާރިޔާގެ ވާފަޅުތައް އިންޤިލާބީ ހަރަކާތުގައި އެންމެ އިސްކޮށް ހުންނެވި ފުރަހަނި ޝުޢައިބް ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފިއެވެ. 

ޝުއަޢިބް ވިދާޅުވީ ޤައުމަށް ޣައްދާރުވެގެންތިބެ ޤައުމު ވިއްކަމުންދަނީ ކޮންބައެއްކަން ރައްޔިތުންނަށް އެނގޭކަމަށާއި އިންޤިލާބީ ޙަރަކާތުގައި ބައިވެރިވަނީ ޢާންމުކޮށް އެންމެން ކަމަށެވެ. އެ ޙަރަކާތުގައި ހުރިހާ ދާއިރާތަކުންވެސް ބައިވެރިވާ ކަމަށެވެ. "މިސަރުކާރުގެ ތެރެއިން ސީދާ މާލީ މަންފާ ނުލިބޭ އެންމެން މިޙަރަކާތުގަ ބައިވެރިވޭ. މާލީ މަންފާ ލިބޭ ބައެއް މީހުންވެސް އެބަ ބައިވެރިވޭ. ކޮންމެ ދުވަހަކު އެތައް ބައަކު ދަނީ އިތުރަށް ގުޅެމުން." 

"އަޅުގަނޑުމެން ހުކުރު ދުވަހު ކަނޑުމައްޗަށް ނުކުތީ އަޅުގަނޑުމެންގެ ކަންބޮޑުވުންހުރިވަރު ދައްކަން. މިއީ ހުއްޓުވޭނެ ޙަރަކާތެއް ނޫން. ރާއްޖެ އަޅުވެތިކަމެއްގެ ތެރެއަށްދާ ކޮންމެފަހަރަކު ކާބަފައިން ޤައުމު މިނިވްނަކުރިފަދައިން ދިވެހި ޤައުމު މިނިވަންކުރަން އަޅުގަނޑުމެން ނުކުމެ މިތިބީ. އިރާދަކުރެއްވިއްޔާ ޤައުމު މިނިވަންކުރާނަން." 

ޝުޢައިބް ވިދާޅުވީ އިންޤިލާބީ ހަރަކާތުގެ ބައިވެރިންނަށް ނިޞްބަތްކޮށް މާރިޔާ ވިދާޅުވާ ހުރިހާ ނުބައި ކަންކަން ރައްދުވަނީ ސީދާ އެކަމަނާއަށް ކަމަށާއި އެކަމަނާ އެކުރައްވާ ކަމަކީ "ގުދޯގުދޯ ގޮވުން" ކަމަށެވެ. އަދި އެކަމަށް ސަރުކާރުގެ މުއައްސަސާތައް މިހާރުވެސް ހެކިވާނެ ކަމަށެވެ. 

ޝުޢައިބް މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައިވާއިރު ދިވެހި ވިޔަފާރިވެރިން ކުރަމުން އައި އެތައް ވިޔަފާރިތަކަކަށް އިންޑިއާ މީހުން ވެރިވެގަނެ ރާއްޖޭގެ އިޤްޠިޞާދު ފުނފުނޑުކުރަމުން ގެންދާކަމަށް ބައެއް ވިޔަފާރިވެރިން ދަނީ ބުނެ އެކަމުގެ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.  ދިވެހިންނަށް ނުކުރެވޭވަރުގެ ބޮޑެތި ވިޔަފާރިތައް ކުރުމުގެ ނަމުގައި އިންވެސްޓަރުންނަށް ހެދިގެން އަންނަ މީހުން މަގުމަތީގައި ކިއްލިވިއްކުމާއި ހެދިކާ ވިއްކުމުން ފެށިގެން ނުކުރާ ކަމެއް ނެތްކަމަށާއި އިންޑިއާއަށް ރާއްޖެ މިހާރު އަލުވެތިވެފައިވާވަރުން އެއިން އެއްވެސް ކަމެއް ބަލާނެ ސަރުކާރުގެ އިދާރާއެއް ނެތްކަމަށްވެސް ބުނެއެވެ. 

ޝުއަޢިބުގެ ވާހަކަ އަޑުއައްސަވާލައްވާ:

 

މިއަދު އޮންލައިން