ރާއްޖޭގަ އިންޑިއާ ސިފައިން ބޭތިއްބުމާ ދެކޮޅަށް ފަށާފައިވާ އިންޤިލާބީ ހަރަކާތަށް ދުނިޔޭގެ ސަމާލުކަން ހޯދަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ރާއްޖޭގަ އިންޑިއާ ސިފައިން ބޭތިއްބުމާ ދެކޮޅަށް ފަށާފައިވާ އިންޤިލާބީ ހަރަކާތަށް ދުނިޔޭގެ ސަމާލުކަން ހޯދަނީ!

ރާއްޖޭގައި އިންޑިއާ ސިފައިން ބޭތިއްބުމާއި ދެކޮޅަށް ފަށާފައިވާ އިންޤިލާބީ ހަރަކާތަށް ދުނިޔޭގެ ސަމާލުކަން ހޯދުމުގެ މަސައްކަތް މިހާރުވެސް ފަށާފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައި އެމަސައްކަތް އިތުރަށް ފުޅައުކުރާނެ ކަމަށް އެޙަރަކާތުން ބުނެފިއެވެ. 

"ރާއްޖެ މިއަދު އޮތް ޙާލަތު ދުނިޔެއަށް އެނގެން އެބަޖެހޭ! އަޅުގަނޑުމެން މިކުރާ މަސައްކަތާއި މަސައްކަތްކުރަންޖެހޭ ސަބަބުވެސް ދުނިޔެއަށް ސާފުވާން އެބަޖެހޭ! ރާއްޖެއަކީ ކަޝްމީރަކަށް ހަދަން ދޫކޮށެއް ނުލެވޭނެ! މަލިކަށް އެހަދާލާ ގޮތް ހަދަންދެން ބަލާކަށް ނުތިބެވޭނެ! މިހާރު ރާއްޖެއަށް މިދެވެނީ ހަމަ ސީދާ އެ މިސްރާބަށް!" ކަމަށް އެ ޙަރަކާތުން ބުނެއެވެ. 

އެޙަރަކާތުން ބުނީ އެހަރަކާތުގެ މަސައްކަތްތައް ދުނިޔޭގެ ފެންވަރުގައި ކުރިއަށްދާތަން އިރާދަކުރެއްވިއްޔާ ދާދިއަވަހަށް ފެނިގެންދާނެ ކަމަށެވެ.

މިއަދު އޮންލައިން