ކްރިމިނަލް ކޯޓުގެ އަމުރުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް! އެހެން ދީންތައް ފަތުރާ ޓީޗަރުގެ ބަޔާންނަގަން ފުލުހުންނާ ޙަވާލުނުކުރަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ކްރިމިނަލް ކޯޓުގެ އަމުރުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް! އެހެން ދީންތައް ފަތުރާ ޓީޗަރުގެ ބަޔާންނަގަން ފުލުހުންނާ ޙަވާލުނުކުރަނީ ކީއްވެ؟

"ދިވެހިރާއްޖޭގައި އިސްލާމްދީން ފިޔަވައި އެހެން ދީންތައް ފެތުރުމަށް، ދިވެހިންނަށް އަމާޒުކޮށްގެން ހިންގާ ވެބްސައިޓްތަކާއި ސޯޝަލް މީޑިއާ ޕޭޖްތަކާއި ޔޫޓިއުބް ޗެނަލްތަކާއި އެޕްލިކޭޝަންތަކުގެ މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކޮށް ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، ދިވެހިރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ލިބޭ ސަރަހައްދުތަކުން އެފަދަ އޮންލައިން މީޑިއަމްތަކަށް ނުވަދެވޭ ގޮތަށް ބްލޮކް ކުރުމުގެ އަމުރެއް ވަނީ ނެރެފައެވެ.

އެހެންކަމުން، މިއަމުރު ތަންފީޒްކުރުމަށް ދިވެހިރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ އިންޓަނެޓް ސަރވިސް ޕްރޮވައިޑަރުންނަށް ސިޓީއަކުން މިހާރު ވާނީ އަންގާފައެވެ." 

މިއީ ފުލުހުން ރޭ ޢާންމުކުރި ބަޔާނެކެވެ! ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތްކުރަން މަސައްކަތްކުރާ ފަރާތްތަކަށް މިބަޔާނުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބޭނެކަމަށް ބެލެވެއެވެ. 

އިއްޔެވެސް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ދިވެހި ދަރިވަރުންގެ ހިތުގައި މާތް ﷲ އާއި ކީރިތި ޤުރްއާނާއިމެދު ޝައްކުއުފައްދުވަން މަސައްކަތްކުރި އިންޑިއާ ޓީޗަރުގެ ބަޔާންވެސް ނުނެގިގެން އުޅޭކަމަށެވެ. މިވަރުގެ ބޮޑު ޖިނާޢީ ކުށެއް ކުރުމުން ބަޔާން ނަގައި މައްސަލަ ކުރިއަށް ގެންދަން ފުލުހުންނާއި ޙަވާލުނުކޮށް އޮތް ސަބަބާއިމެދު ސުވާލުއުފެދެއެވެ. 

ޓީޗަރު ހިންގިކަމަށް ހާމަވެފައިވާ ޢަމަލަކީ ޅަދަރިންތަކެއްގެ ވިސްނުން ބަދަލުކުރުވައި އިސްލާމް ދީނުން ބޭރުކުރުވުން ކަމަށްވާއިރު އެކަމަށް ދެވެން އޮތް އެންމެ ހަރުކަށި އަދަބު ނުދެވޭނަމަ އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ގިނަ ބައަކު ގެންދަނީ ފާހަގަކުރަމުންނެވެ.

މިއަދު އޮންލައިން