ހައިލަމަކީ އެއްވެސް ސަބަބެއް ނެތި ޤާސިމް އިބްރާހީމްއަށް އަނިޔާދިން ފަނޑިޔާރެއްކަން މުޅި ޤައުމަށް ވަނީ ސާބިތުވެފަ!: ޢަލީ ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ހައިލަމަކީ އެއްވެސް ސަބަބެއް ނެތި ޤާސިމް އިބްރާހީމްއަށް އަނިޔާދިން ފަނޑިޔާރެއްކަން މުޅި ޤައުމަށް ވަނީ ސާބިތުވެފަ!: ޢަލީ ޞާލިޙް

ކުރީގެ ފަނޑިޔާރު ހައިލަމަކީ އެއްވެސް ސަބަބެއް (ކުށެއް ނުކުރައްވަނީސް) ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްއަށް އަނިޔާދިނމުގައި ދައުރު އަދާކުރެއްވި ފަނޑިޔާރެއްކަން މުޅި ގައުމަށްވެސް މިހާރު ވަނީ ސާބިތުވެފައިކަމަށް ޖުމްހޫރީ ޕާޓިގެ ތަރުޖަމާނު ޢަލީ ޞާލިޙް ވިދާޅުވެއްޖެއެވެ. 

ޢަލީ ޞާލިޙް ވިދާޅުވީ ހައިލަމް މިހާރުކުރައްވާކަމަކީ ގޭގައި ހުންނަވައިގެން ނޫސްތަކަށް ސުރުޚީ "ވިއްކެވުން" (ފަލަސުރުޚީން ޖާގަހޯދުން) ކަމަށެވެ. އެގޮތުން ދޭތެރެއަކުން ކޮންމެވެސް މޮޅު ސުރުޚީއެއް ހާމަކުރައްވާނެ ކަމަށެވެ. "ބައްލަވަ ޤާސިމް އިބްރާހީމް ނުވަތަ ވިލާ ކުންފުނިން އެއްވެސް ފަނޑިޔާރަކަށް ރިޝްވަތު ނުދޭކަން ސްޕްރީމް ކޯޓުން ހާމަކުރީމާ ދެން ދައްކަން އޮންނާނ ކޮން ވާހަކައެއްތޯ؟" ޢަލީ ޞާލިޙް ސުވާލުކުރެއްވިއެވެ. 

ވީނިޔުސްގެ މިޚަބަރު ވިދާޅުވުމުން އިތުރު ތަފްޞީލް ލިބިވަޑައިގަންނަވާނެއެވެ.  

އަސްލެއް ނެތް ބުހުތާނު ދޮގު ވާހަކަ ދެއްކެވުމަކީ ނާތަހުޒީބުކަމެއް ކަމެއް ކަމަށް ވިދާޅުވެ، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޟީ އަހުމަދު ހައިލަމަށް ޖުމްހޫރީ ޕާޓީގެ އިސްތަރުޖަމާނު އަލީ ސާލިހް ރައްދުދެއްވައިފިއެވެ.

އަލީ ސާލިހް މިހެން ވިދާޅުވީ އެކެއް ފެބްރުއަރީގައި ނެރުނު ކޯޓު އަމުރާއި ގުޅިގެން، ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމަށް ތުހުމަތުކުރައްވައި ހައިލަމް ކުރެއްވި ޓްވީޓަކަށް ރައްދުދެއްވަމުންނެވެ.

ސުޕްރީމް ކޯޓުން ޓިނު ނެގީ ގާސިމް އިބްރާހީމްގެ މައްސަލަ ބައްލަވަމުން ގެންދެވި 2 ފަނޑިޔާރުން ކަމުގައިވާ އަބްދުﷲ ސައީދާއި އަލީ ހަމީދަށް އިޝްވަތު ދެއްވައިގެން ކަމަށް ހައިލަމްގެ ޓްވީޓުގައިވެއެވެ. އެގޮތުން، ވިލާ ކުންފުނިން ކޮންމެ ފަނޑިޔާރަކަށް 8 ލައްކަ ރުފިޔާ ދިން ކަމަށް ހައިލަމް ވަނީ ތުހުމަތު ކުރައްވާފައެވެ.

ހައިލަމްގެ މިވާހަކަތަކަށް ރައްދުދެއްވަމުން އަލީ ސާލިހް ވިދާޅުވީ، އަސްލެއް ނެތް ދޮގު ވާހަކަ ދައްކަވައިގެން ދިރިއުޅުއްވަން ގަސްތުކުރެއްވުމަކީ ނާތަހުޒީބް ކަމެއް ކަމަށާއި، އެކަމުން ހާމަވެގެންދަނީ ފަނޑިޔާރުކަމުގައި ހުންނަވައިގެން އިންސާފުން އެއްކިބާވެ މީހުންނަށް އަނިޔާ ދެއްވިކަން ކަމަށެވެ.

"ވީނިއުސް" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަލީ ސާލިހް ވިދާޅުވީ، ހައިލަމްއަކީ އަބަދުވެސް ކޮންމެސް ބޭފުޅަކާ ޒާތީވެގެން އުޅުއްވާ ބޭފުޅެއް ކަމަށާއި، މަސައްކަތްކުރައްވަނީ ނުރުހޭ ބޭފުޅުންގެ އަގުވައްޓާލުމަށް ކަމަށެވެ. އަދި، ގާސިމް އިބްރާހީމާ ވިލާ ކުންފުނިންވެސް، އެއްވެސް ފަނޑިޔާރަކަށް ރިޝްވަތު ނުދެއްވާނެ ކަމަށް އަލީ ސާލިހް ވިދާޅުވިއެވެ.

އަލީ ސާލިހްގެ އިތުރުންވެސް، ހައިލަމަށް ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ. އެގޮތުން، ހައިލަމަކީ މީގެކުރިން "ހުކުމް ވިއްކައިގެން" އުޅުއްވި ބޭފުޅެއް ކަމަށް ބުނެ ބައެއް މީހުން އަންނަނީ ފާޑުކިޔާމުންނެވެ.

މިއަދު އޮންލައިން