ރައީސުލްޖުންހޫރިއްޔާ އެކިއެކި ކަންކަމަށް އުފައްދަވާފައިވާ ކޮމިޓީތަކުގެ ތެރެއިން 2 އަހަރުވީއިރުވެސް ވުޖޫދުން ފެނިފައިނުވާ ކޮމީޓީއަކާއި ބައްދަލުކުރައްވަން ރާއްޖޭގެ ދިނީ ޢިލްމުވެރިން އެދިވަޑައިގެންފިއެވެ.
އެގޮތުން ޢިލްމުވެރިން އެދިވަޑައިގެންފައިވަނީ "މާތްވެގެންވާ އިސްލާމް ދީނުގެ ޤަދަރާއި ހައިބަތަށް އުނިކަން އަންނަ ގޮތަށް އަދި ދީނުގެ ނަމުގައި މުދަލާއި ފުރާނައަށް ގެއްލުން ލިބޭ ގޮތަށް ދެކެވޭ ވާހަކަތަކާއި ހިންގަމުންދާ ކަންތައްތަކާއި ގުޅިގެން މިހާރުން މިހާރަށް އެޅޭނެ ފިޔަވަޅުތަކާއި ދުރު މުސްތަޤްބަލެއްގައި އެޅޭނެ ފިޔަވަޅުތަކާއިމެދު މަޝްވަރާކޮށްގެން ގޮތެއް ނިންމަން" 22 ޖަނަވަރީ 2019 ގައި ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ކޮމިޓީ އާއިއެވެ.

އިސްލާމް ދީން ރާއްޖެއިން ނައްތާލަން އަމާޒުކޮށްގެން ގިނަ ކަންތައްތަކެއް ކުރަމުން ގެންދާއިރުވެސް އެކޮމިޓީ އޮތް ނަމަވެސް އެކޮމިޓީ ވުޖޫދުން ފެނިފައިވާކަން އެނގިފައެއް ނުވެއެވެ.