ނައިފަރު ކައުންސިލާއި ކީރިތި ޤުރްއާނާއި ބެހޭ މަރުކަޒު ގުޅގެން ޖަމާއަތްތެރިކަން ދަސްކޮށް ދިނުމަށް ހިންގި ކޯހުގައި 45 ދަރިވަރުން ބައިވެރިވެ ކޯސް ފުރިހަމަކޮށްފިއެވެ.
ނައިފަރު ކައުންސިލުން ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒާއި ގުޅިގެން ހިންގި ޖަމާޢަތްތެރިން ތަމްރީން ކުރުމުގެ ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮއްދެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޯރ އިސްލާމިކް އެފެއާޒް އައްޝައިޚް އިލްޔާސް ޖަމާލްއެވެ.
މިއީ މިހާތަނަށް ރަށެއްގައި އެންމެ ގިނަ ޢަދަދެއްގެ ޖަމާޢަތްތެރިން އެއްފަހަރާ އުފެއްދުނު ފުރަތަމަ ފަހަރެވެ. 45 ޖަމާޢަތްތެރިން ދެ ޖިންސުން ބައިވެރިވެވޭގޮތަށް ގެންދެވުނުއިރު އެންމެ ގިނައީ އަންހެން ބައިވެރިންނެވެ.
ނައިފަރު ކައުންސިލުން ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒާއި ގުޅިގެން ހިންގި ޖަމާޢަތްތެރިން ތަމްރީން ކުރުމުގެ ކޯސް ނިންމުމުގެ ރަސްމިއްޔާތު.
— National Centre for the Holy Quran (@nchq_official) December 2, 2021
މި ރަސްމިއްޔާތު ޝަރަފުވެރި ކޮއްދެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޯރ އިސްލާމިކް އެފެއާޒް އައްޝައިޚް އިލްޔާސް ޖަމާލް pic.twitter.com/eKaDUdQ80j