ކޮންމެ ދުވަހަކު ފަލަސްޠީނުގެ ކުޑަކުދިންނާ އަންހެނުން މަރަން އަމުރުކުރަމުންގެންދާ މީހާ ރާއްޖެ އަތުވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ކޮންމެ ދުވަހަކު ފަލަސްޠީނުގެ ކުޑަކުދިންނާ އަންހެނުން މަރަން އަމުރުކުރަމުންގެންދާ މީހާ ރާއްޖެ އަތުވެއްޖެ!

ކޮންމެ ދުވަހަކު ފަލަސްޠީނު ރައްޔިތުންގެ ގެތައް ތަޅާސުންނާފަތިކޮށް ފަލަސްޠީނުގެ ކުޑަކުދިންނާ އަންހެނުންނާ ޢާންމުން މަރަން އަމުރުކުރަމުންގެންދާ މީހާ ރާއްޖެ އަތުވެއްޖެ ކަމަށް ޚަބަރުލިބެއެވެ. 

ޚަބަރު ލިބޭ ގޮތުގައި ހައްދުފަހަނައަޅާފައިވާ އިޒްރޭލުގެ ބޮޑުވަޒީރުގެ މަޤާމުގައި ހުންނަ މިމީހާ ރާއްޖެއައިސްފައިވަނީ ރޭގެ ވަގުތެއްގައި އޭނާގެ ޢާއިލާ އާއިއެކު ޗުއްޓީ ހޭދަކުރުމަށެވެ. މީގެކުރިން ހައްދުފަހަނައަޅާފައިވާ އިޒްރޭލުގެ މިފެންވަރުގެ މީހަކު ރާއްޖެ އައިސްފައިވާކަން އެނގިފައެއް ނުވެއެވެ. 

ރައީސް މައުމޫނުގެ ވެރކަމުގައި ފަލަސްޠީނުގެ ރައީސް ޔާސިރު ޢަރަފާތަށް ދައުވަތު އަރުވައިގެން ރާއްޖެ ގެނެވުނުފަހުން ފަލަސްޠީނުގެ އެކި ފެންވަރުގެ އިސްވެރިން ރާއްޖެއަށް ޒިޔާރަތް ކުރައްވައެވެ. 

ރައީސް ނަޝީދުގެ ވެރިކަމުގައި ފަދައިން ފަހަތުން ދިވެހިންގެ ލޯކޮންނާނެ ޔަހޫދީ ޓީމެއް ނުގެނެސް މިކަން ނިމޭނެބާވައެވެ! މިހާރުވެސް އިޒްރޭލުގެ އުފެއްދުންތައް ރާއްޖެއަށް ދަނީ އެތެރެކުރަމުންނެވެ.

މިއަދު އޮންލައިން