ކަނުހުރާ ރިޒޯޓުން މުވައްޒިފުންނަށް އަމާޒުކޮށްގެން ކްރިސްމަސް ޕާޓީ ބާއްވަން ނިންމުމުން ޝައިޚް ޢަލީ ޒައިދު ކަންބޮޑުވުން ފައުޅުކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ކަނުހުރާ ރިޒޯޓުން މުވައްޒިފުންނަށް އަމާޒުކޮށްގެން ކްރިސްމަސް ޕާޓީ ބާއްވަން ނިންމުމުން ޝައިޚް ޢަލީ ޒައިދު ކަންބޮޑުވުން ފައުޅުކުރައްވައިފި

ކަނުހުރާ ރިޒޯޓުން މުވައްޒިފުންނަށް އަމާޒުކޮށްގެން ކްރިސްމަސް ޕާޓީ ބާއްވަން ނިންމުމުން ޝައިޚް ޢަލީ ޒައިދު ކަންބޮޑުވުން ފައުޅުކުރައްވައިފިއެވެ. 

އެރިޒޯޓުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެކަންކުރަނީ މުވައްޒިފުންކުރާ ޚިދުމަތުގެ އަގުވަޒަންކުރަން ކަމަށެވެ. 

ޝައިޚް ޢަލީ ޒައިދު ވަނީ އެހެން ދީނުގެ ޢީދުތައް ފާހަގަކުރުން ފަދަ މުންކަރާތްތައް ފަތުރުވެރިންނާއި ހަމައިން މުވައްޒިފުންނާއި ހަމައަށް ޢާންމުކުރުމުން އެކަމަށް ކަންބޮޑުވުން ފައުޅުކުރައްވައިފައެވެ. އަދި ޝައިޚް ވަނީ މިބާވަތުގެ މުންކަރާތްތައް ހުއްޓުވަން ފަހަތުފައަށް ބުރަނުވުމަށް ސަރުކާރަށް އިލްތިމާސްކުރައްވައިފައެވެ. 

މިސަރުކާރު ވެރިކަން ހިންގަން ފެށީންސުރެ ކޮންމެ ދުވަހަކުހެން މިބާވަތުގެ އިސްލާމް ދީނާއި ޚިލާފް، އިސްލާމް ދީން ނިކަމަތިކުރަން ކުރަން ކުރެވޭ ކޮންމެވެސް ކަމެއްގެ ޚަބަރުތައް ޢާންމުވަމުން އަންނަކަން އެއީ ގިނަ ބައަކު ކަންބޮޑުވާ ކަމެކެވެ. 

މިއަދު އޮންލައިން