"ބައަކު މީހުން ކިޔާފާނެ އެއްޗަކަށް، ކޮށްފާނެ ޖެއްސުމަކަށް, ދީފާނެ އަނިޔާ އަކަށް ވިސްނައިގެން ޙައްޤުބަސް ނުބުނެ ހަނުހުރުމަކީ ކުރެވޭނެ ކަމެއް ނޫން.! ޙައްޤުގެ މަގުގައި ޢިލްމުވެރިންނާއި ރަޢްޔިތުން ޘާބިތުކޮށްދެއްވާށި. އާމީން."
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ޑރ. އިޔާޟް މިފަދަ ބަސްފުޅެއް ވިދާޅުވެފައިމިވަނީ ރާއްޖެއަށް އެހެން ދީންތައް ތަޢާރަފްކޮށް ދިވެހިންގެ ދިނީ އެއްބައިވަންތަކަން ނަގާލުމަށާއި އިންޑިއާއަށް ރާއްޖެ ވިއްކާލައި އިންޑިއާގެ އަޅުވެތިކަމަށް ރާއްޖެ ގެންދަން ކުރާ މަސައްކަތްތަކާއި ދެކޮޅަށް ޙައްޤުބަސް ބުނާ މީހުންނަށާއި ޢިލްމުވެރިންނަށް މަލާމާތްކުރުމާއި ފުރައްސާރަކުރުމާއި ޖެއްސުންކުރުން އަދި ގެއްލުންދިނުމުގެ ޢަމަލުތައްވެސް އިތުރުވަމުން އަންނަ ވަގުތެއްގައެވެ.
ﷲ ގެ ޙަޟްރަތުގައި ކުރަން އޮތް ދުޢާއަކީ ހަމަ ޑރ. އިޔާޟްވެސް ކުރައްވާފައިވާ ދުޢާއެވެ!
"ޙައްޤުގެ މަގުގައި ޢިލްމުވެރިންނާއި ރަޢްޔިތުން ޘާބިތުކޮށްދެއްވާށި. އާމީން."
ބަޔަކު މީހުން ކިޔާފާނެ އެއްޗަކަށް, ކޮށްފާނެ ޖެއްސުމަކަށް, ދީފާނެ އަނިޔާ އަކަށް ވިސްނައިގެން ޙައްޤުބަސް ނުބުނެ ހަނުހުރުމަކިީ ކުރެވޭނެ ކަމެއް ނޫން. ޙައްޤުގެ މަގުގައި ޢިލްމުވެރިންނާއި ރަޢްޔިތުން ޘާބިތުކޮށްދެއްވާށި. އާމީން.
— Dr.Mohamed Iyaz (@dr_iyaz) December 7, 2021