އެންމެ ގިނަ ޢަދަދެއްގެ ދީނީ ޢިލްމުވެރިން ޖަނާޒާއަކުން ފެނުން- ދީނީ ޢިލްމުވެރި ދަރިން އުފެއްދުމުގެ ފައިދާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
އެންމެ ގިނަ ޢަދަދެއްގެ ދީނީ ޢިލްމުވެރިން ޖަނާޒާއަކުން ފެނުން- ދީނީ ޢިލްމުވެރި ދަރިން އުފެއްދުމުގެ ފައިދާ!

މިއަދުގެ ޢަޞްރުނަމާދަށްފަހު އާސަހަރާ މިސްކިތުގެ ޤަބުރުސްތާނުގައި ބޭއްވުނު ޝައިޚް ފައްޔާޟް ޢަލީމަނިކުގެ ލޮބުވެތި ބައްޕާފުޅު، ޢަލީ އިބްރާހީމް މަނިކު، (ކެލާ ޢަލިމަނިކު) ގެ ޖަނާޒާ އަކީ ފަހުގެ ތާރީޚުގައި އެންމެ ގިނަ ޢަދަދެއްގެ ދީނީ ޢިލްމުވެރިން ބައިވެރިވެވަޑައިގެންނެވި ޖަނާޒާއެވެ.

ޢަލީ އިބްރާހީމް މަނިކު، (ކެލާ ޢަލިމަނިކު) ގެ މައްޗަށް ކުރެވުނު ކަށުނަމާދުގައިވެސް އެބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ކަށުނަމާދުގައިވެސް ޖަނާޒާގައިވެސް އެބޭފުޅުން ޢަލީ އިބްރާހީމް މަނިކު، (ކެލާ ޢަލިމަނިކު) ގެ މައްޗަށް ހެޔޮ ދުޢާ ކުރެއްވިއެވެ. 

މިފަދަ ބޮޑު ރަޙްމަތެއް މިންވަރުކުރެއްވެވީ ދީނީ ޢިލްމުވެރި، ދީނުގެ ކަންކަން ކުރިއަރުވަން މަސައްކަތްކުރައްވާ ދަރިކަލަކު ތަރުބިއްޔަތުކުރެއްވެވިފައިހުރުމުންނެވެ. މިއީ މައިންބަފައިން ވިސްނާލަން މުހިންމު ކަމެއްކަން ފާހަގަކުރެވެއެވެ. 

މާތް ﷲ މަރުޙޫމްގެ ފުރާނައަށް ސުވަރުގޭގެ އެންމެ ހެޔޮ ރަޙްމަތް މިންވަރުކުރައްވަވާށި! ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވަވާށި! އާމީން

މިއަދު އޮންލައިން