މާލޭގެ މިސްކިތެއްގައި ފަތިސްނަމާދަށް ޢާންމުކޮށް ފުރެމުން އައީ 3 ސަފެވެ. ނަމަވެސް މިހާރުދަނީ 5 ސަފު ފުރެމުންނެވެ. މާޝާ ﷲ
އެބަދަލު އައީ މިސްކިތުގެ އިމާމް ބަދަލުކޮށްދިނުމުންނެވެ. މިހާރު ހުރި އިމާމަކީ ސުންނަތާއި އެއްގޮތަށް ސަފުތައް ހަދަން ބާރުއަޅާ ސުންނަތަށް ވަރަށް ބޮޑަށް ޢަމަލުކުރާ އިމާމެކެވެ. އެކަންކަމަކީ އެމިސްކިތުގައި ފަހުން އިމާމްކަންކުރި 2 އިމާމުންވެސް ސަމާލުކަންދިން ކަންކަމެއް ނޫނެވެ. އަދި އެކަންކަމަކީ ޢަމަލުކުރަން ކަނޑައެޅިގެން އިންކާރުވެސްކުރި ކަންކަމެވެ.
މިހާރުހުރި އިމާމަކީ ބުރައުފުލައިގެން ދުރުދަތުރެއްކޮށް ފަތިސްނަމާދަށްވެސް އަންނަ ހީވާގި އިމާމެކެވެ. ވަރަށް ރީތިކޮށް ތަޖުވީދުމަގުން ކިޔަވާ އިމާމެކެވެ. މާޝާ ﷲ
ނަމާދުގައި ތަޖްވީދުމަގުން ރިވެތިކޮށް އިމާމް ކިޔެވުމަކީ އެއިމާމެއްގެ ފަހަތުގައި ގިނަ ބައަކު ނަމާދުކުރަން ޝައުޤުވެރިކަން އިތުރުވާ ކަމެކެވެ. އެ އިމާމް ހަމަޖައްސަވައިދެއްވިކަމަށްޓަކައި އިސްލާމިކް މިނިސްޓްރީއަށް މިސްކިތުގެ އަހުލުވެރިން ޝުކުރުއަދާކުރެއެވެ.
"މިސްކިތްތަކުގެ ދައުރު ފުރިހަމައަށް އަދާ ކުރެވޭނީ، ޢިލްމާއި ޙިލްމު ހުރި، ޤާބިލް، އިޚްލާޞްތެރި އިމާމުންތަކެއް އުފެއްދިގެންނެވެ.": ޝައިޚް ޙަސަން ލަޠީފް