އައިސީޔޫގަ މަރާ ހަނގުރާމަކުރަމުންދާ ޚާލިދަކީ ފަތިސް ވަގުތުގެ އެކުވެރިއެއް- ނުފެންނާތީ ވަރަށް ދެރަވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
އައިސީޔޫގަ މަރާ ހަނގުރާމަކުރަމުންދާ ޚާލިދަކީ ފަތިސް ވަގުތުގެ އެކުވެރިއެއް- ނުފެންނާތީ ވަރަށް ދެރަވޭ!

ޚާލިދް އަބަދުވެސް މަގުމަތިން ފެނެއެވެ. ނުކުޅެދުންތެރިކަންހުރި މީހެއްކަންވެސް އެނގެއެވެ. އޭނާ އާއިމެދު ސަމާލުކަންދެވެން ފެށީ ކޮންމެރެއަކުވެސް ފަތިސްނަމާދަށްފަހު ފެންނަންފެށުމުންނެވެ. ފަތިސްނަމާދުން ފައިބައިގެން ސައިބޯންދާ ހޮޓަލަށް ޚާލިދުވެސް އަންނާތީއެވެ. 

އެއީ އައިޖީއެމްއެޗް ކުރިމަތީގަ ފުރަތަމަ ފަންގިފިލާގައި ހުންނަ ހޮޓަލެވެ. އެޙާލުގައިވެސް ކޮންމެ ރެއަކުހެން ޚާލިދު އެހޮޓަލަށް އަރައި ސައިބޮޔެވެ. އެ ހޮޓަލުގެ މުވައްޒިފުން އޭނާއަށް ވަރަށް އިޙްތިރާމްކުރެއެވެ. 

ކޮންމެ ރެއަކު ހަމަ އެވަގުތު ޚާލިދާއި ހޮޓަލުން ބައްދަލުވާކަމުން އަންގައިދެނީ އޭނާވެސް ކޮންމެވެސް މިސްކިތެއްގައި ފަތިސްނަމާދުކޮށްގެން ސައިބޯން އަންނަކަމެވެ. 

މިހާރު މައުލޫމާތުލިބޭގޮތުން ޚާލިދުދަނީ އައިސީޔޫގައި މަރާއި ހަނގުރާމަކުރަމުންނެވެ. ފުލުހުން ބުނަނީ އޭނާއަށް އެކަން ދިމާވީ އޭނާ ދުއްވާ ސައިކަލުގައި ކާރުން ޖައްސައިގެން ނޫންކަމަށާއި ކާރުއަންނަތަން ފެނުމުން ޚާލިދަށް ހަދައިލެވުނު ގޮތަކުން ކަމަށެވެ. އެކަން ސިސީޓީވީ ފުޓޭޖްތަކުން އެނގޭކަމަށެވެ. 

މާތް ﷲ ޚާލިދަށް އަވަސް ޝިފާއެއް މިންވަރުކުރައްވަވާށި! އާމީން

މިއަދު އޮންލައިން