މާލޭގެ މަގުމަތީގަ މަސްތުވުން ހުއްޓުވޭނީވެސް އިންޑިއާ ސިފައިން ގެނެސްގެންތޯ ނޫސްވެރިއަކު ފުލުހުންނާ ސުވާލުކޮށްފިއެވެ.
ނޫސްވެރިޔާ ފުލުހުންނާއި އެ ސުވާލުކޮށްފައިވަނީ އެފަދަ އަމަލުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުންގެ މީޑިއާ ގްރޫޕަށްލުމަށްފަހުގައެވެ.
މިފަދަ ޙާލުގައި ތިބި ޒުވާނުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްނުދިނުމުން ޒުވާން ޖީލް ހަލާކުވެގެންދަނީއެވެ. ޒުވާނުންނަކީ އެންމެ އަގުބޮޑު ރައުސުލްމާލްކަމަށް ސަރުކާރުގެ އިސްވެރިން ވިދާޅުވިނަމަވެސް ޒުވާނުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވެނީ ކިހައިވަރަކަށްކަން މިފަދަ ކަންކަމުން ދަނީ ހާމަވަމުންނެވެ.
ޒުވާނުންނަށް ތައްރީފްކޮށް ސަރުކާރުގެ ވެރިން ދައްކާ ވާހަކަތައް ކިތަންމެ ވަރަކަށް ގިރިޓީކޮށްގެން ދެއްކިނަމަވެސް ޢަމަލުން މިފެންނަނީ ޒުވާން ޖީލް ހަލާކުކޮށްލެވޭތަންކަން ފާހަގަކުރެވެއެވެ.