އެއްވެސް ސްކޫލަކާއެކު ޝެއާކުރާގޮތަށް ނުދާން (ބަދަލުނުވާން) ޢަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން ނިންމައިފި އެވެ.
ރޭ ބޭއްވުނު ބެލެނިވެރިންގެ ބައްދަލުވުމުގައި ބެލެނިވެރިން ފާހަގަކުރި މުހިންމު ބައެއް ކަންކަމަކީ:
"ސަރުކާރުން މަސައްކަތް ކުރަނީ އަންނަ އަހަރު ޢަރަބިއްޔާ ސްކޫލް، އިންގްލިޝް މީޑިއަމް ސްކޫލަކާ (ޢިއްޒުއްދީން ސްކޫލާ) އެއްކޮށްލަން. މީ ޢަރަބި އިސްލާމީތަޢުލީމު ނައްތާލަން ސަރުކާރުން ހިންގާ ޖަރީމާއެއް."
"ޢިއްޒުއްދީނަކީ މިހާރުވެސް 200 ކުދިން ކިޔަވާމުންދާ އިންގްލިޝް މީޑިއަމް ސްކޫލެއް.
އިންގްލިޝް މީޑިއަމް ސްކޫލެއް ހިންގަމުން ދަނިކޮށް، ޢަރަބި މީޑިއަމް ސްކޫލެއްގެ ދަރިވަރުންނާއި ޓީޗަރުން ވަދެ، ދަރިވަރުންނަށް ކިޔަވައިދޭން އުޅުމަކީ ކުކުޅު ކޮށްޓެއްގެ ތެރެއަށް ދަނޑި ބޭނުން ކަހަލަ ކަމެއް!"
"ޢަރަބިއްޔާގައި ދުވާލަކު 46 ކްލާސްރޫމްގައި ކިޔަވައިދެމުންދާ ބަޔަކު ޢިއްޒުއްދީންގެ 20 ކްލާސް ރޫމަށް ފިޓްކުރެވޭނޭ އެއްވެސް ގޮތެއް ނޯންނާނެއެވެ. އަދި 2 މެނޭޖްމަންޓާއި ސްޓާފުން ވަންނާނީ ކޮންތާކަށްތޯއެވެ؟"
"ޢިއްޒުއްދީނަށް ގޮސް ވަނުމަކީ އެތަނުގަ މިހާރުއޮތް މެނޭޖްމަންޓާއި، ސްޓާފުންނާއި ގިނަ މައްސަލަތަކެއް ފެންމަތިވާނޭ ކަމެކެވެ."
"އެ ގޮތަށް ކުޑަޖާގައެއްގައި ގިނަ ދުވަހުތިބެންޖެހި، ޕްލޭ ގްރައުންޑާއި، ލެބްފަދަ އެތައް ވަސީލަތަކުން ދަރިން މަޙްރޫމްވެ، ދެޖިންސްގެ ކުދިން މައްސުނިވެ، ކުދިންގެ ކިޔެވުން ގެއްލި، ބެލެނިވެރިން މާޔޫސްވެ، ދަރިން ސްކޫލުން ކަނޑައިގެން ގެންދިއުމަށް މަގުފަހި ކުރުމަށް މިކަންމިގޮތައް މިރާވަނީ"
ބެލެނިވެރިންއެދެނީ މިހާރުވެސް މާލޭގައި ހުސްކޮށްހުރި ބިންތަކުގެ ތެރެއިން އެކަށީގެންވާ ބިމެއްގައި ވީހާއަހަކަށް ޢަރިބއްޔާ ސްކޫލް ހިންގާނެ ސްކޫލެއް އަޅައިދިނުމަށެވެ. އެގޮތުން ކުރީގެ ނާދީ ހިންގި އިމާރާތްހުރި ބިމަކީ ވަރަށް އެކަށީގެންވާތަނެއްކަން ފާހަގަކުރިއެވެ. އަދި ހިރިޔާ ސްކޫލް ކައިރީގައިވެސް ހުސްބިމެއް އެބައޮތް ޕަމާއި އެނޫންވެސް ބައެއް ބިންތައް އެބަހުރިކަން ބެލެނިވެރިން ފާހަގަކުރިއެވެ.