ތައުޒިޔާ: ޙުސައިން ވަޙީދު ނިޔާވުން- ފަޤީރުންގެ ގިނަ ބައަކު ކަރުނައިން ފޯވެފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ތައުޒިޔާ: ޙުސައިން ވަޙީދު ނިޔާވުން- ފަޤީރުންގެ ގިނަ ބައަކު ކަރުނައިން ފޯވެފަ!

މަޝްހޫރު ވިޔަފާރިވެރިޔާ، ކޮމަންޑޫ ދާއިރާގެ މެންބަރު ޙުސައިން ވަޙީދު ރޭ މެންދަމު ނިޔާވީ ހޮސްޕިޓަލުގައެވެ. ޙުސައިން ވަޙީދު ވަނީ ގިނަ ދުވަސްތަކެއް ވަންދެން ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވައިފައެވެ. 

ޙުސައިން ވަޙީދު މަޖިލީހުގެ މެންބަރުކަން ކުރައްވަމުން ގެންދެވީ ދެވަނަ ފަހަރަށެވެ. މަޖިލިސް މެންބަރުކަމުގައި ހުންނަވައިގެންވެސް އަދި މެންބަރުކަން ނެތްއިރުވެސް ޙުސައިން ވަޙީދަކީ ގިނަ ޢަދަދެއްގެ ފަޤީރުންނަށް ތަފާތު ގޮތްގޮތުން އެހީތެރިވެދެއްވަމުން ގެންދެވި ބޭފުޅެކެވެ. 

އެކަމުގެ ނަތީޖާ ދުނިޔޭގައިވެސް ފެނިވަޑައިގެންނެވިއެވެ. ލަކުޑީގެ ވިޔަފާރިއާއި ޢިމާރާތްކުރުމުގެ ވިޔަފަރީގައި "އެފްޑަބްލިޔޫ" އަދި ކާބޯތަކެތީގެ ވިޔަފަރީގައި "ޔުނައިޓެޑް" ވަނީ އެންމެ ކާމިޔާބު ލިސްޓުގެ ކުރީގައެވެ. 

ޙުސައިން ވަޙީދު މިއަދުނޫހަށް ވިދާޅުވެފައިވެއެވެ. "ސިޔާސީ ދާއިރާއަށް ވަންނަނީ ކަންކަން އިޞްލާޙްކުރަން ބާރުއަޅަން ބޭނުންވާތީއެވެ. ސިޔާސީ ޙަރަކާތް ހިންގަން ޝައުޤުވެރިކަމެއް ނެތެވެ."

އަދިވެސް ވިދާޅުވިއެވެ. "އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބެނީ ހުސެންގެ ފަރާތުން މީހަކަށް އެހީތެރިކަމެއް ފޯރުކޮށްދެވޭ ވަގުތު. އެހީއަށްއެދޭ އެންމެންނަށް އެހީތެރިނުވެވުނަސް ވީވަރަކުން އެހީތެރިކަން ފޯރުކޮށްދެވޭތޯ އަބަދުވެސް ބަލަމެވެ."  

މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ ރަޙްމަތް މިންވަރުކުރައްވަވާށި! ޢާއިލާއަށް ކެތްތެރިކަން މިންވަރުކުރައްވަވާށި! އާމީން

މިއަދު އޮންލައިން