ޙުސައިން ވަޙީދުގެ ސަންދޯއް 2 ރައީސުން އުފުއްލެވި-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ޙުސައިން ވަޙީދުގެ ސަންދޯއް 2 ރައީސުން އުފުއްލެވި-

މިއަދުގެ މެންދުރުނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ޙުސައިން ވަޙީދުގެ މައްޗަށް ކުރި ކަށުނަމާދުގައި ވެސް އަދި ޖަނާޒާގައިވެސް ގިނަ ޢަދަދެއްގެ ބައަކު ބައިވެރިވިއެވެ. އިސްލާމީ މަރުގަޒުގެ މިސްކިތް ފުރި މިސްކިތުން ބޭރުގައިވެސް ގިނަ ބައަކު ނަމާދުކުރިއެވެ. 

މަރްޙޫމް ޙުސައިން ވަޙީދަކީ އަބަދުވެސް އިސްލާމް ދީނުގެ ކަންކަމަށް ލޯބިކުރެއްވި އަދި ޢަމަލުކުރެއްވި ބޭފުޅެކެވެ. ޖަނާޒާގައި ބައިވެރިވި އެންމެންގެހެން ދޫތަކުން ބުނަމުން ދިއައީ ޙުސައިންވަޙީދަކީ އެކުވެރިކަން ދަމަހައްޓާ، ރިވެތި އަޚްލާޤުގެ މަތީގައި އުޅުއްވި ބޭފުޅެއް ކަމަށެވެ. 

ދުޢާއަކީ މަރްޙޫމްގެފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢްމަތް މިންވަރުކުރެއްވެވުމެވެ. 

ކަށުނަމާދަށްފަހު ސަންދޯއް މިސްކިތުން ބޭރަށް ނެރުނުއިރު ސަންދޯކުގައި ހިއްޕަވައިގެން އެންމެ ކުރީގައި ތިއްބެވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި މަޖިލީހުގެ ރައީސް ރައީސް ނަޝީދެވެ. 

އިސްލާމް ދީނާއި އަދި ﷲ ތަޢާލާ އާއި ތަންކޮޅެއް ބީރައްޓެހިކޮށް އުޅޭ ބައެއް މީހުން ވެސް ކަށުނަމާދުގައާއި ޖަނާޒާއިން ފެނުނެވެ. ދުޢާއަކީ އެމީހުން ވެސް މަރުވާނެކަމާއި މަރުވުމުން ހަށިގަނޑާއި އެއްވަރުގެ ކުޑަކުޑަ ލަކުޑި ފޮށްޓެއްގައި (ސަންދޯކުގައި) ލެވޭނެ ކަމާއި ހަމަ އެހައި ކުޑަކުޑަ ވަޅެއްގައި ވަޅުލެވޭނެކަން ހިތްމައްޗަށް އައިސް އިޞްލާޙްވުމެވެ! ﷲ ތަޢާލާގެ ޙުކުމްފުޅުތަކަށް ގޮންޖަހައި ފުރައްސާރަކުރުން ހުއްޓައިލުމުގެ ވިސްނުން ދެއްވެވުމެވެ. ހަދައި ފާސްކުރާ ޤާނޫނުތައް ފާސްކުރަންޖެހޭނީ ވެސް އަދި ބޯލަނބަންޖެހޭނީވެސް ޤުރްއާނަށްކަން ޤަބޫލުކުރެވުމެވެ.

މިއަދު އޮންލައިން