ކުރިން ކުރިމަތިވީ މާލޭގެ 4 މިސްކިތަކަށް ކުޑަކަމު ދިއަ މައްސަލައެވެ. 4 މިސްކިތަށް ކުޑަކަމު ގޮސްފައިވާ 4 މ،ައްސަލަ ކުރިމަތިވުމުން އެތަނުން 1 މައްސަލައިގަ މީހަކަށް މަހެއްހައި ދުވަހުގެ ޖަލުހުކުމެއް ވަނީ ކޮށްފައެވެ. 3 މައްސަލަ އަދިވެސް އޮތީ ނުނިމިއެވެ.
ޙާލަތު މިހިސާބުގައި އޮއްވައި ރޭ ފަތިހު އައްޑޫ ސިޓީ ފޭދޫގެ 2 މިސްކިަތކަށް ގެއްލުންދީ ބޮޑުކަމުގޮސްފައިވާ މައްސަލައެއް މިވަނީ ފެންމަތިވެފައެވެ.
ފޭދޫ މަގުއްދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސަލްމާ އާއި ހަވާލާދީ މައުލޫމާތުލިބޭގޮތުގައި މިއަދު ފަތިހުގެ ވަގުތެއްގައި ފޭދޫގެ މަސްޖިދުލް އަމާނި އާއި މަސްޖިދުލް ނަޞްރި އަށް ވަދެ ބަޔަކު އެތަނަށް ވަނީ ގެއްލުން ދީފައެވެ. މިސްކިތް ތެރެއަށް ބޮޑުކަމު ގޮސް، އެތަން ހަޑިކޮށް، މިސްކިތުގެ ހުރުމަތް ވަނީ ކަނޑައިފައެވެ.
ހުރިހާ ބޭފުޅުންވެސް ދެއަތްޕުޅު މައްޗަށް އުފުއްލަވައި ރާއްޖޭގައި ހުރި ﷲ ތަޢާލާގެ ގެކޮޅުތަކުގެ ޙުރުމަތް ކަނޑަން ދޫކޮށްލާފައި އޮތްއޮތުން ނިމުމަކަށްގެނެސްދެއްވެވުން އެދިވަޑައިގެން ﷲ ތަޢާލާއަށް ދުޢާކުރައްވާށެވެ. އަދި ދިވެހި ފަސްގަނޑުން އިސްލާމް ދީން ފުހެލުމަށް ކުރާ މަސައްކަތްތައް ނިކަމެތިކުރެއްވެވުން އެދިވަޑައިގެންވެސް ދުޢާކުރައްވާށެވެ.