ރާއްޖޭގެ ރީތި ދިރުންތައް ދައްކުވައިދޭ އުރީދޫ މޯލްޑިވްސް ގެ 2022 ވަނަ އަހަރުގެ ޑެސްކް ކަލަންޑަރުން މިއަދު އިފްތިތާހުކޮށްފިއެވެ.
މިއަދު ލޯންޗުކުރެވުނު މި ކަލަންޑަރުގައި އީޖާދީ އޮގްމެންޓެޑް ރިއަލިޓީ ޙިދުމަތް މެދުވެރިކޮށް ރާއްޖޭގެ ރީތި ދިރުންތައް ދިރުވާ އާލާކޮށްލަދެއެވެ. އުރީދޫ މޯލްޑިވްސްގެ މި ތަފާތު ކަލަންޑަރު ދައްކާލައިފައިވަނީ ޓޫރިޒަމް މިނިސްޓަރު އަބްދުالله މައުސޫމް އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނަޖީބް ޚާންގެ ހާޒިރުގައި އެ ކުންފުނީގެ ހެޑް އޮފީހުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ކަލަންޑަރުގައި ކޮންމެ މަހެއްގައި ކުރު ތައާރަފަކާއެކު ރާއްޖޭގައި އާއްމުކޮށް ފެންނަ ތަފާތު ދިރުންތަކެއް ދައްކުވައިދެ އެވެ. ކަލަންޑަރު ބޭނުންކުރާ ފަރާތްތަކަށް އެ މަހަކަށް ޙާއްސަކޮށްފައިވާ ސޮފްހާގައި ފެނިވަޑައިގަންނަވާ ސްނެޕްޗެޓް ކޯޑް ސްކޭންކޮށް، ކަލަންޑަރުން ފެންނަ ރާއްޖޭގެ ދިރުންތައް ދިރުވާލާ އޮގްމެންޓެޑް ރިއަލިޓީ ތަޖުރިބާއެއްކޮށްލެވޭނެއެވެ. އޭއާރް ފީޗާގެ ހުރިހާ އުމުރުފުރައަކާ ގުޅުވާލާ، ކޮންމެ މަހަކަށް ޙާއްސް ކުރެވިފައިވާ ދިރުންތައް ތައްޔާރުކޮށްލެވޭ އޮރިގާމީ ކަރުދާހެއްވެސް ވަނީ ކަލަންޑަރުގައި އެކުލަވައިލައިފައެވެ. މިއާއެކު ކަލަންޑަރަށް އިތުރު ފުރިހަމަކަމެއް ލިބިގެންދެއެވެ. ކޮންމެ މަހަކަށް އޮރިގަމީ ހެދުމަށް ސްޓެޕް ބައި ސްޓެޕް އިރުޝާދު ދޭ ވީޑިއޯ ވެސް އުރީދޫ މޯލްޑިވްސްގެ ވެބްސައިޓުން ފެންނަން ހުންނާނެ އެވެ. އޮރިގާމީ ކަރުދާހުގައި ވާ ކިއުއާރު ކޯޑު ސްކޭން ކޮށްލުމުން އިރުޝާދު ދޭ ވީޑިއޯ ހުޅުވިގެންދާނެއެވެ.
"މަގޭ ރާއްޖެ - އުރީދޫ ކަލަންޑަރު 2022 އަކީ އޮގްމެންޓަޑް ރިއަލިޓީ އާއި އެކު ރާއްޖޭގެ ރީތިކަން ދައްކުވައިދޭ އީޖާދީ ޕްރޮޖެކްޓެއް. މި ކެލަންޑަރުން އޮގްމެންޓަޑް ރިއަލިޓީ އެހީގައި ރާއްޖޭގެ އާންމު ދިރުންތައް ކޮންމެ ތަނެއްގައި ހުރެގެންވެސް ތަސައްވުރު ކޮށްލެވޭނެ. މި ކަލަންޑަރު ފަރުމާކޮށްފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ މުނާސަބަތާވެސް ގުޅުވާލައިގެން. އުރީދޫ އަކީ އަބަދުވެސް ރާއްޖޭގެ ތަރައްގީ އަށް ކުރެވޭ މަސައްކަތުގައާއި ކާމިޔާބީތަކުގައި ބައިވެރިވާނެ ކުންފުންޏެއް ގޮތުގައި ދެމި އޮންނާނެކަމުގެ ޔަގީންކަން އެންމެހައިބޭފުޅުންނަށް އަރުވަން. މުޅި އުރީދޫ މޯލްޑިވްސް ޓީމުގެ ނަމުގައި، އެންމެހާ ފަރާތްތަކަށް 2022 ވަނަ އަހަރުގެ ތަހުނިޔާ އެންމެހައި ފަރާތްތަކަށް ދަންނަވަން." އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް ކޮމަރޝަލް އޮފިސަރ، ނަޖީބް ޚާން.
"ކޮމިއުނިކޭޝަން އާއި ޓޫރިޒަމަކީ މީހުން ގުޅުވައިދިނުމުގައި އިސް ރޯލެއް އަދާކުރާ ދެ ދާއިރާ. 2022 ވަނަ އަހަރުގެ ފަތުރުވެރިކަން އަލުން ދިރުވުމުގަ އާއި އަދި ޓޫރިޒަމް ގެ ރަންޔޫބިލް ފާހަގަކުރުމަށް އުރީދޫ އިން އިސްނަންގަވާ ވެދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ފަށްފަށުން ޝުކުރު އަދާކުރަަން." މިނިސްޓަރ އޮފް ޓޫރިޒަމް ޑރ.ޢަބްދުالله މަޢުޞޫމް.
އަންނަ އަހަރު ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް މުޅި ރާއްޖެ ތައްޔާރުވަމުންދާއިރު، އުރީދޫ މޯލްޑިވްސްގެ 2022 ވަނަ އަހަރުގެ ކަލަންޑަރު - މަގޭ ރާއްޖެ ޑިޒައިން ކުރެވިފައިވަނީ މި ހަފްލާއާއި ގުޅުވާލާ ރާއްޖޭގެ ރީތިކަމާއި ތަފާތު ދިރުންތައް ކުރިއެރުވުމަށެވެ. ރާއްޖޭގެ މި ނާޒުކު ދިރުންތަކުން ލިބިދޭ އިގްތިސޯދީ އަދި އިކޮލޮޖިކަލް މަންފާ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި އަންނަން އޮތް ޖީލުތަކަށްވެސް ފޯރުކޮށްދިނުމަށް ރާއްޖޭގެ ނާޒުކު މާހައުލު ހިމާޔަތްކުރުމަށް މުޖުތަމައުތައް އިތުރަށް ހޭލުންތެރިކޮށް ދެމެހެއްޓެނިވި އާދަތައް އެކަށުމަކީ މުހިންމުކަމެއްކަމުގައިވެސް އެ ކުފުންނިންވަނީ ވިދާޅުވެފައެވެ.