"ރާއްޖޭގައި މިހާގިނައިން ދީނީ ޢިލްމުވެރިންނާއި ޙާފިޡުން ތިއްބެވި ދުވަސްވަރެއް ނުދޭ.އެހެނަސް އެޑިއުކޭޝަން މިނިސްޓްރީ އަށް މިއުޅެނީ ކީރިތި ޤުރުއާނުގެ ބައެއް އާޔަތްތަށް ޓެކްސްޓް ފޮތުގައި ކުށެއްނުލާ ލިޔާނެ ޤާބިލުކަން ނެތިގެނެވެ. ލަދުފުޅު ގަންނަން ޖެހޭ. ލަދެއްނެތް ނަމަ ނުގަނެވޭނެތާ."
- މުޙައްމަދު މުޢިއްޒު ޢަދްނާން
ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ ޓެކްސްޓް ފޮތްތަކުން ޤުރްއާނުގެ އާޔަތްތައް އުނިކުރަން ތައުލީމީ ވަޒީރު އަމުރުކުރި އަމުރުކުރުމާއި ގުޅިގެން މުޢިއްޒު މިފަދަ ބަސްފުޅެއް ވިދާޅުވެފައިވާއިރު،
ޢަރަބި ކޮންމިޔުޓަރުން ލިޔަން ދަންނަ މީހުން އެހައި ގިނައެވެ. ކުށްފިލުވަން އެގޭ ޝައިޚުން އެހައި ގިނައެވެ. ޕްރޫފް ބަލަން ދަންނަ ޢިލްމުވެރިން އެހައި ގިނައެވެ.
ތިމާގެ ނާޤާބިލުކަމާ ޖާހިލުކަން ބޮޑުވުމުން ތިމާގެ ހުރި ނުކުޅެދުންތެރިކަން ބޮޑުކަމުން ކަންކަން އަތްދަށުން ދޫވެގެންދާ ކޮންމެ ފަހަރަކު އެކަމެއް ކުރަން އޮންނަ ގޮތް ބަދަލުކުރަން ވެއްޖެނަމަ ދެން ކަންތައްތައް ވާނީ ކިހިނަކުންތޯއެވެ؟
ފޮތްތަކުން އާޔަތްތައް ނަގަން އަމުރުކުރި މައްސަލައަިގައި ވަޒީރު ދައްކާ ވާހަކަ ޤަބޫލުކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. އެކަމަކީ އެގޮތަށް ހިނގާފައިވާކަމެއްނަމަ އެތައް ދުވަހެއް ވަންދެން އެކަމުގައި ދޮގުހަދަން ޖެހުނީ ކީއްވެގެން ހެއްޔެވެ؟ އެގޮތަށް ކަންތައް ނާންގާކަމަށް ބުނެ ކަނޑައެޅިެން ދޮގު ހެދީ ކީއްވެގެން ހެއްޔެވެ؟ ފުރަތަމަ ދުވަހުވެސް ރީތިކޮށް ތިއަ ވިދާޅުވާ ގޮތަށް ވިދާޅުވިނަމަ މިކަން މައްސަލައަކަށް ނުވެސްވާނެއެވެ. ދޮގުހަދަން އާދަވުމަކީ ހެދި ދޮގުމައްޗަށް ދޮގުހަދަމުން ގެންދަން ޖެހޭ ކަމެކެވެ. މިއަދު އެކަމަނާއަށް ޖެހިގެން އުޅެނީ އެކަމެވެ.
ކަނޑައެޅިގެން އެތައް ބައިވަރު ދޮގުތަކެއް މިހާރުވެސް ހަދާފައިވާ މީހުން ބޮޑެތި މަޤާމުތަކުގައި ބައިތިއްބާ މަޤްޞަދާއިމެދު ސުވާލުއުފެދެއެވެ.
ރާއްޖޭގައި މިހާގިނައިން ދީނީ ޢިލްމުވެރިންނާއި ޙާފިޡުން ތިއްބެވި ދުވަސްވަރެއް ނުދޭ.އެހެނަސް އެޑިއުކޭޝަން މިނިސްޓްރީ އަށް މިއުޅެނީ ކީރިތި ޤުރުއާނުގެ ބައެއް އާޔަތްތަށް ޓެކްސްޓް ފޮތުގައި ކުށެއްނުލާ ލިޔާނެ ޤާބިލުކަން ނެތިގެނެވެ.ލަދުފުޅު ގަންނަން ޖެހޭ. ލަދެއްނެތް ނަމަ ނުގަނެވޭނެތާ.
— Mohamed Muizz Adnan (@muizzadnan) December 16, 2021