ޢަރަބިއްޔާ ސްކޫލް ޢިއްޒުންދީން ސްކޫލަށް ބަދަލުކުރަން ނިންމީ ރައީސް ޞާލިޙާ ބައްދަލުކުރަން އެދުނު އެދުމަށް ޖަވާބުވެސް ނުދީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ޢަރަބިއްޔާ ސްކޫލް ޢިއްޒުންދީން ސްކޫލަށް ބަދަލުކުރަން ނިންމީ ރައީސް ޞާލިޙާ ބައްދަލުކުރަން އެދުނު އެދުމަށް ޖަވާބުވެސް ނުދީ!

ޢަރަބިއްޔާގެ ބެލެނިވެރިން ބޭއްވި ބައްދަލުވުމުގައި ހުރިހާ ބޭފުޅުން އިއްތިފާޤުވެފައިވަނީ ޝެއަރ ކުރާ ގޮތަށް ޢިއްޒުއްދީނުގެ އިމާރާތަށް ނުދާނެ ކަމަށެވެ. އެގޮތަށް ޝެއަރ ކުރުމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމާއި އުޅުމާއި އަޚްލާޤު އެއްކޮށް ހަލާކުވާނެ ކަމަށް ޤަބޫލުކުރެވޭތީއެވެ. 

 

ބެލެނިވެރިންގެ ނުރުހުމުގައި، މަޖުބޫރުކޮށްގެން ޢަރަބިއްޔާގެ ދަރިވަރުން ޢިއްޒުންދީން ސްކޫލްގެ ދަރިވަރުންނާ ޝެއަރ ކުރާގޮތަށް އެ ސްކޫލަށް ބަދަލުކުރަން، އެޑިއުކޭޝަނުން މަސައްކަތް ކުރާތީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ޢަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ބައްދަލު ކުރުމަށް އެދި މިމަހުގެ 9 ވަނަ ދުވަހު ވަނީ ސިޓީ ލައިފައެވެ. 

އެސިޓީއަށް ޖަވާބެއް ނުލިބިގެން އުޅެނިކޮށް އެޑިޔުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނަކުން ވަނީ ޢަރަބިއްޔާ ސްކޫލް ޢުއްޒުއްދީން ސްކޫލަށް ބަދަލުކޮށްފައެވެ. އެޑިޔުކޭޝަން މިނިސްޓްރީގެ ބަސްމަގު ހުންނަ ގޮތުން މިއީ އަދި ޞައްޙަ ނިންމުމެއްކަން ޤަބޫލުކުރަންވެސް ދަތިތަކެއް އެބަހުއްޓެވެ. އެއީ މާދަމާވެސް އެ ލިޔުން ބާޠިލްކޮށްފައިވާނެ ކަމަށް ބުނެފާނެތީއެވެ.

މިޔުޒިކަކީ ކޮންމެ ނަމެއްގައި ކިޔައިގެން ކުޅުނު ނަމަވެސް ޝައިޠޯނާގެ ޢަމަލެކެވެ. މިޔުޒިކް ކުކުޅުމަކީ ޝައިޠޯނާއަށް ކުރާ ކައްކައިދިނުމެވެ. އެހެންކަމަށްވާއިރު ޝައިޠޯނާއަށް ކުރާ ކައްކައިދޭ ތަނެއްގައި އިސްލާމީ ތައުލީމް ދިނުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެއިރުން ދަރިވަރުންނަށް ދެވޭ އިސްލާމީ ތައުލީމާއި ތަރުބިއްޔަތާއި ދަރިވަރުންގެ ވަށައިގެންވާ މާޙައުލުގައި ހިނގާ ކަންކަން ވަށައެއް ނުޖެހޭނެއެވެ. ދަރިވަރުންނަށް މަގުއޮޅިގެންދާނެއެވެ.

މިއަދު އޮންލައިން