ޢަރަބިއްޔާ ސްކޫލުގެ ޕީޓީއޭ އިން މިއަދު ބޭއްވި ބައްދަލުވުމަށްފަހު ބެލެނިވެރިން ވަނީ މަގުމައްޗަށް ނުކުމެ މުޒާހަރާކޮށްފައެވެ. މައުލޫމާތުލިބޭ ގޮތުން ބެލެނިވެރިން މަގުމައްޗަށް ނުކުތީ ސަރުކާރުން ބޭނުންވާ ގޮތަށް ސްކޫލު ބަދަލުކުރުމާ ދެކޮޅުހެދުމުގެ ގޮތުންނެވެ.
އެމްޑީޕީއަށް ރާއްޖޭގެ ވެރިކަން ލިބިއްޖެނަމަ ޢަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންނަށް މަގުމަތީގައި ހަރަކާތްތެރިވާންޖެހުމަކީ ދެމިގެން އަންނަ އާދައެކެވެ.
ދުޢާއަކީ ކުރީ ފަހަރު ފަދައިން މިފަހަރުވެސް ﷲ ޢަރަބިއްޔާގެ ބެލެނިވެރިންނަށް ނަބްރު ދެއްވެވުމެވެ! ޢަރަބި ތައުލީމް ފުހެލަން ސަރުކާރުން ރާވާ ހީލަތްތެރި ރޭވުންތައް ބާޠިލްކޮށްދެއްވެވުމެވެ. އާމީން

"ޢިއްޒުއްދީން ސްކޫލުން މިހާރުވެސް އުޅެނީ ކްލާސްރޫމް މަދުވެގެން ތަންތަނުގަ ޕާޓިޝަން ޖަހައިގެން އިތުރު ކްލާސްރޫމްތައް އުފައްދަން. ޢަރަބިއްޔާއަށް 46 ކްލާސްރޫމް ބޭނުންވޭ! އެސްކޫލުން ލިބެނީ 14 ކްލާސްރޫމް.
ދެން އެބުނަނީ ވަސީލަތްތައް ފުރިހަަމ ސްކޫލަކަށޭ ބަދަލުކުރާނީ . އެސްކޫލަކު ވަސީލަތްތަކެއް ނެތް.
ދެން ކިހިނެއްތޯ އަޅުގަނޑުމެން ބަދަލުވާނީ. ކިހިނެއްތޯ އަންނަ އަހަރަށް އިތުރު ދަރިވަރުން ވައްދާނީ؟ ކޮންމެ އަހަރަކުވެސް ދަނީ ވަންނަ ދަރިވަރުން ގިނަވަމުން.
އެހެންވީމާ އެއުޅެނީ ޢިއްޒުއްދީން ސްކޫލްވެސް ޢަރަބިއްޔާވެސް ހުއްޓުވާލަން. މިބާވަތުގެ ބައިވަރު މައްސަލަތައް އެބަހުރި. ޕީޓީއޭގެ ފަރާތުން އެކަންކަން ވަރަށް އަވަހަށް އެބަ ހާމަކުރޭ. ބެލެނިވެރިން އެއްގޮތަކަސްވެސް އެއްބަހެއް ނުވޭ އިއްޒުއްދީނަށް ބަދަލުވާކަށް."
މިއަދު ހަވީރު ބޭއްވި ޢަރަބިއްޔާ ސްކޫލުގެ ޕީޓީއޭގެ ބައްދަލުވުމަށްފަހު ބެލެނިވެރިއަކު މިއަދުނޫހަށް ޙިއްޞާކުރި ބައެއް މައުލޫމާތު
ގުޅުންހުރި ވީޑިއޯ: