ޑރ. އިޔާޟްގެ އަޑު އިސްލާމިކް މިނިސްޓަރަށް އިވިވަޑައިގަންނަވާބާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ޑރ. އިޔާޟްގެ އަޑު އިސްލާމިކް މިނިސްޓަރަށް އިވިވަޑައިގަންނަވާބާ!

"މިއީ ވަރަށް ނުރައްކާތެރި ޢަމަލެއް. ކަނޑައެޅިގެން ނަބިއްޔާ ﷺ ގެ ބަސްފުޅަކާ ފުށޫ އަރާ ގޮތަށް ބުނެފައި މިވަނީ. އިސްލާމިކް މިނިސްޓްރީ އިން މިމީހާ އަށް ފިޔަވަޅު އަޅަންޖެހޭ." ކަމަށް ވިދާޅުވެ ރަސޫލް ﷺ ގެ ޙަދީޘްފުޅަށް ގޮންޖެހި މީހާގެ މައްސަލަ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވަނީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީގެ ސަމާލުކަމަށް ގެންނަވައިފައެވެ. 

ޑރ. އިޔާޟް ވިދާޅުވީ "މިމައްސަލަ ނުބަލާ ދޫކޮށްލެވިގެން ނުވާނެ. އާދައިގެ އިންސާނެއްގެ މައްޗަށް ދޮގުހެދުމާއި ރަސޫލާ ﷺ ގެ މައްޗަށް ދޮގުހެދުމާއި ތަފާތު. ޓުވީޓަރ އަށް ރިޕޯޓް ކޮށްގެން ނަމަވެސް (ޙަދީޘްފުޅުތަކަށް ގޮންޖަހާ މީހުން) ސައިޒް ކުރަން ޖެހޭ." ކަމަށެވެ. އަދި މި މެސެޖްވެސް ޑރ. އިޔާޟް ވަނީ އިސްލާމިކް މިނިސްޓްރީ އާއި ފުލުހުންގެ ސަމާލުކަމަށް ގެންނަވައިފައެވެ.

މިއަދު އޮންލައިން