"ތަފާތު ދެ ސްކޫލެއްގެ ދަރިވަރުން އެއްތަނެއްގައި މެނޭޖު ނުކުރެވޭ ވަރުގެ ކުޑަ ތަނަކަށް ޢަރަބިއްޔާގެ ދަރިވަރުން ބަދަލުކުރަން ނިންމި ނިންމުމުން ދޭހަވަނީ އެކަންކުރި ބައެއްގެ ހިތުގައި ޢަރަބި އިސްލާމީ ތަޢުލީމަށް އެއްވެސް ލޯތްބެއް ނެތުން ނުވަތަ ކަންކަން ރަގަޅަށް ކުރުމުގެ ޤާބިލުކަން ނެތުން." ކަމަށް ޑރ. ޢަލީ ޒާހިރު ބިންސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.
ޑރ. ޢަލީ ޒާހިރުގެ ބަސްފުޅުގައި ފާހަގަކުރައްވާފައިވާ 2 ސަބަބަކީ:
1 އެކަންކުރި ބައެއްގެ ހިތުގައި ޢަރަބި އިސްލާމީ ތަޢުލީމަށް އެއްވެސް ލޯތްބެއް ނެތުން ނުވަތަ
2 ކަންކަން ރަގަޅަށް ކުރުމުގެ ޤާބިލުކަން ނެތުމެވެ.
މިދެސަބަބަށް ބަލާއިރު އެޑިޔުކޭޝަން މިނިސްޓަރުގެ ނުވަތަ ފޮރުވިގެން ތިބޭ ތައުލީމީ ވަޒީރުން ހިމެނޭ ގޮތަށް އެމީހުންގެ ހިތުގައި ޢަރަބި އިސްލާމީ ތަޢުލީމަށް އެއްވެސް ލޯތްބެއް ނެތުމަކީ މުޅި ރާއްޖެ އެކަމަކާއިމެދު ކަންބޮޑުވާންޖެހޭނެ ކަމެކެވެ.
ދެވަނަ ސަބަބުކަމުގައިވާ ކަންކަން ރަގަޅަށް ކުރުމުގެ ޤާބިލުކަން ނެތް ބައަކު ކުރާކަމަކުން ރާއްޖޭގެ މުޅި މުސްތަޤްބަލުވެސް އޮޔާހިނގައިދާނެ ކަމުގެ ބިރު މިވަނީ އުފެދިފައެވެ.
</p
ތަފާތު ދެ ސްކޫލެއްގެ ދަރިވަރުން އެއްތަނެއްގައި މެނޭޖު ނުކުރެވޭ ވަރުގެ ކުޑަ ތަނަކަށް ޢަރަބިއްޔާގެ ދަރިވަރުން ބަދަލުކުރަން ނިންމި ނިންމުމުން ދޭހަވަނީ އެކަންކުރި ބައެއްގެ ހިތުގައި ޢަރަބި އިސްލާމީ ތަޢުލީމަށް އެއްވެސް ލޯތްބެއް ނެތުން ނުވަތަ ކަންކަން ރަގަޅަށް ކުރުމުގެ ޤާބިލުކަން ނެތުން
— Ali Zahir bin Saeed (@alizahirsaeed) December 18, 2021