ބެލެނިވެރިންގެ ހަތަރެސްފައިގާ ބިޑި އަޅުވައި، އަނގައިގާ މަލަން އެޅިޔަސް ދަރިންގެ ޙައްޤުތައް ހޯދައިދޭން ކުރާ މަސައްކަތަށް ހުއްޓުމެއް ނާންނާނެ: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ބެލެނިވެރިންގެ ހަތަރެސްފައިގާ ބިޑި އަޅުވައި، އަނގައިގާ މަލަން އެޅިޔަސް ދަރިންގެ ޙައްޤުތައް ހޯދައިދޭން ކުރާ މަސައްކަތަށް ހުއްޓުމެއް ނާންނާނެ: ޑރ. އިޔާޟް

"ޢަރަބިއްޔާ ބެލެނިވެރިން ހަތަރެސްފައިގާ ބިޑި އަޅުވައި، އަނގައިގާ މަލަން އެޅި ނަމަވެސް ދަރިން ގެ ޙައްޤުތައް ހޯދައިދިނުމަށް ކުރާ މަސައްކަތަށް ހުއްޓުމެއް ނާންނާނެ! އިންޝާﷲ

އެޑިޔުކޭޝަން މިނިސްޓަރ ޢާއިޝަތު ޢަލީ ޢަރަބިއްޔާގެ ކަންތަކުގައި ގެންގުޅުއްވަނީ މުޞްޠަފާ ކަމާލް އަތާތުރްކުގެ ސިޔާސަތު. ތިޔަ ސިޔާސަތު މިރާއްޖޭގައި ނުހިންގޭނެ އިންޝާﷲ

މިއީ ހިތި ޙަޤީޤަތް. އަޅުގަނޑުމެން ހީކުރިފަދަ މަންމަ އެއް ކަމުގައި ޢާއިޝަތު ޢަލީ އެއް ނުވި. حسبنا الله ونعم الوكيل" ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ޑރ. އިޔާޟް އެވެ. ޢާއިޝަތު ޢަލީ ތަންފީޒުކުރަނީ މިސަރުކާރުގެ ސިޔާސަތުތަކެވެ. ބޮޑަށް ޤަބޫލުކުރެވެނީ ރައީސް އޮފީހުގައި ފިލައި ހުންނަ ތައުލީމީ ވަޒީރު ނިންމާ ނިންމުންތައް ކަމަށެވެ. ނޫންނަމަ ތާއަބަދު ދޮގުހައި އިސްލާމް ދީން ނިކަމެތިކުރަން ޢާއިޝަތު ޢަލީ އެވަރަށް މަސައްކަތްކުރާއިރު އެ މަޤާމަކު އޭނާ ނުބަހައްޓާނެކަން ޤަބޫލުކުރަން ޖެހެއެވެ.

މިއަދު އޮންލައިން