ޢަބިއްޔާ ސްކޫލްގެ ބެލެނިވެރިންގެ ބައްދަލުވުންތައް ޢަރަބިއްޔާ ސްކޫލގައި ބޭއްވުން މަނާކޮށްފިއެވެ. ސަބަބެއް ކަމަށް ބުނީ މަގުމައްޗަށް ނުކުންނާތީ ކަމަށެވެ. އަދި އެޑިޔުކޭޝަން މިނިސްޓްރީން ބެލެނިވެރިންނާ ބައްދަލުކުރަން ބާއްވާ ބައްދަލުކުރުން އަމީނިއްޔާގައި މިއަދު 2.30 ގައި ބާއްވަން ނިންމައި މިހާރުވަނީ ހަވީރު 4:00 އަށް ފަސްކޮށްފައެވެ.
މިއަދުނޫހަށް މައުލޫމާތުދިން ބެލެނިވެރިން ބުނީ ބައްދަލުވުން ބާއްވަންޖެހޭނީ ޢަރަބިއްޔާގައި ކަމަށާއި ނޫންނަމަ މަގުމަތީގައި ކަމަށެވެ. ބެލެނިވެރިން ތިބީ އެހެން ސްކޫލްތަކަށް ގޮސް ބައްދަލުކުރާ ގޮތަށް ނޫން ކަމަށެވެ.
"އިމާރާތް ވެއްޓޭތީކަމަށްވާނަމަ މިހާރުވެސް އެތަނުގަ ދަރިވަރުން ކިޔަވަން އެބަތިބި. އެކުދިން ބޮލަށްވެއްޓޭ ތަނެއް އަޅުގަނޑުމެންގެ ބޮލަށްވެސް ވެއްޓެން ބޭނުންވަނީ." ބެލެނިވެރިއަކު ބުނެފައިވެއެވެ.