ޢަރަބިއްޔާ، ޢިއްޒުއްދީން ސްކޫލަށް ބަދަލުކުރީމާ ކްލާސްތައް ދަންވަރު 2 ޖަހަންދެން ކުރިއަށް ގެންދަންޖެހޭކަން ނައިބްރައީސްއަށް އެނގިވަޑައިގެންފައެއް ނުވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ޢަރަބިއްޔާ، ޢިއްޒުއްދީން ސްކޫލަށް ބަދަލުކުރީމާ ކްލާސްތައް ދަންވަރު 2 ޖަހަންދެން ކުރިއަށް ގެންދަންޖެހޭކަން ނައިބްރައީސްއަށް އެނގިވަޑައިގެންފައެއް ނުވޭ!

ޢަރަބިއްޔާސްކޫލްގެ ދަރިވަރުން ޢިއްޒުއްދީން ސްކޫލަށް ބަދަލުކުރީމާ ކްލާސްތައް ދަންވަރު 2 ޖަހަންދެން ކުރިއަށް ގެންދަންޖެހޭކަން ނައިބްރައީސްއަށް އެނގިވަޑައިގެންފައި ނުވާކަމަށް ޢަރަބިއްޔާ ސްކޫލްގެ ބެލެނިވެރިއަކު ވިދާޅުވެއްޖެއެވެ. 

"ފުރަތަމަ ކަމަކީ ހެނދުނު 23 ކްލާސް ބޭނުންވޭ! ޢިއްޒުއްދީނުން ލިބެނީ 5 ކްލާސް. އަނެއް 19 ކްލާހަސް ޖާގައެއް ނުލިބޭ. ޢިއްޒުއްދީން ސްކޫލްގެ ކިޔެވުން ނިމެނީ 2 ޖަހާއިރު. ޢަރަބިއްޔާ ދަރިވަރުންގެ ކިޔެވުން ފެށޭނީ 3 ޖަހާއިރު. އެ ސެޝަންގެ 5 ގަޑިއިރު ހަމަވާނީ  ދެނަމާދު ދޭތެރެއާއިވެސް އެކު 8 ޖަހާއިރު. ދެން ޖެހޭނީ ކުރިން ޖާގަ ނުލިބުނު 18 ކްލާހުގެ ކިޔެވުން ފަށަން. . 9 ޖަހާއިރު ފެށީމާ ނިމޭނީ ދަންވަރު 2 ޖަހާއިރު. މިކަންކަން ނައިބް ރައީސަށް އެނގިވަޑައިގެންފައިނުވާކަމަށް ރޭގެ ބައްދަލުވުމުގައި ވިދާޅުވީ." 

"ނައިބްރައީސް ވިދާޅުވީ ރައީސާ ބައްދަލުކުރަން ދިއުން އިހަށް 2 ދުވަހަކަށް މަޑުކޮށްލަން. އެހެންވެ މަޑުކޮށްލައިގެން މިތިބީ. އަޅުގަނޑުމެން މަސައްކަތްކުރާނަން މަޝްވަރާއިން ޙައްލުކުރަން. ނުވާނަމަ ދެން ކުރެވެން ހުރި މަސައްކަތްތައްވެސް ކުރެވެން އޮތް ގޮތަކަށް ކުރާނީ. ވާންޖެހުނު ކޮންމެ ޤުރްބާނީއެއްވާން އަޅުގަނޑުމެން މިތިބީ ތައްޔާރަށް. ފަހަތަށް ޖެހޭ ގޮތަކަށް ނޫން މިތިބީއަކީ." 

"އޮއްޓަރެއް ނެތް ނިންމުންތައް ނިންމަންޏާ އަބަދު އޮންނާނީ އެ ނިންމުމެއް މުރާޖަޢާކުރަންޖެހިފައި! ޢަރަބިއްޔާ ކުދިންނަށް ޙައްޤުމިންވަރު ކިރިޔާވެސް ދެވޭވަރުމިވަނީ އެޑިޔުކޭޝަން މިނިސްޓްރީ ޕްރެޝްރަށް ވެއްޓިގެން! މިއީ ވ ހަޑި މަންޒަރެއް! އިތުރުފުޅު ހެއްދެވިޔަސް ތަފާތުކުރާކަމީ ޙަޤީޤަތެއް!" ޝައިޚް ޢަލީ ޒައިދު

މިއަދު އޮންލައިން