ޢަރަބިއްޔާ ސްކޫލުގެ ދަރިވަރުންނަށް ކުރިމަތިކުރުވައިގެން އުޅޭ މައްސަލަތައް ޙައްލުކުރުމާއިބެހޭ ގޮތުން ޢަރަބިއްޔާ ސްކޫލްގެ ބެލެނިވެރިންނާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މާދަމާ ބައްދަލުކުރައްވަވާނެ ކަމުގެ އުންމީދު ތައުލީމީ ވަޒީރު މިއަދު ދިން ކަމަށް ޢަބިއްޔާ ސްކޫލުގެ ބެލެނިވެރިންގެ ފަރާތުން މައުލޫމާތު ލިބިއްޖެއެވެ.
"މިއަދު ދެއްކީ އަދި މާ ގޯސް ވާހަކަތަކެއް. ދެގަޑިއިރު ވަންދެން ޢިއްޒުއްދީނުގެ ދަރިވަރުން ކްލާސްތަކުންނެރެ ހޯލާ ޓެރަހާ ތަންތަނުގަ ގެންގުޅެ ކިޔަވައިދޭ ވާހަކަ. މިއީ އަދި މާބޮޑު ގޯހެއް. އިނގިރޭސި މީޑިއަމާ ޢަރަބި މީޑިއަމަށް އެކުގަ ކިޔަވައެއް ނުދެވޭނެ. އިއްޒުއްދީން ސްކޫލަކީ ޒުންބާ ޑާންސް ކުރާތަނެއް. މިހާ ތަފާތު ބޮޑު ދެ މީޑިއަމަށް ކިހިނެއްތޯ އެއްވަގުތެއްގައި އެއްތަނެއްގައި ކިޔަވައިދޭނީ؟ ވީމާ އަޅުގަނޑުމެން ދެންނެވިން ދަރުމަވަންތަ އާ އިއްޒުއްދީން ސްކޫލާ އެއްކޮށްލާފަ ދަރުމަވަންތަ ދެއްވަންވީ ނޫންތޯއޭ؟ އެގޮތް ޤަބޫލެއް ނުކުރެއްވި..
ދެއްވި ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނު ޚަބަރެއްވެސް. އެއީ ދޮޅު އަހަރެއްހައި ދުވަހުގެ ތެރޭގައި ހުލުމާލޭގައި ޢަރަބިއްޔާ ސްކޫލެއް އަޅައިދޭނެ ވާހަކަ. އެކަން އެގޮތަށް ވެއްޖިއްޔާ އެއީ ރަނގަޅުކަމެއް. ނަމަވެސް މިހާރު އެންމެ ބޮޑުވެގެން މިއުޅެނީ މިހާރު ޢަރަބިއްޔާ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުން މަގުމަތިކޮށްލަން އުޅޭކަމުގެ މައްސަލަ.."
"ޢަރަބި އިސްލާމީ ތައްލީމް އޮޔާނުލާނެ ކަމުގެ ޔަޤީންކަން މިއަދުވެސް ދެއްވި. އެކަމަކު ކަންކަން މިފެންނަނީ އެވިދާޅުވާ ގޮތަކަށް ނޫން. ހައްތާވެސް ނިކަމެތިކޮށް ނައްތާލަން ކަންކަން ކުރެވޭތަން މިފެންނަނީ." ބެލެނިވެރިއަކު ބުނެފައިވެއެވެ.