ޢުމަރު ޒާހިރަކީ އުޑަށް ބަޑިޖަހާ މަލާއިކަތުން ފައްސާފަ ވަޅުލެވެން ބޭނުންވާ ބޭފުޅެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ޢުމަރު ޒާހިރަކީ އުޑަށް ބަޑިޖަހާ މަލާއިކަތުން ފައްސާފަ ވަޅުލެވެން ބޭނުންވާ ބޭފުޅެއް ނޫން!

"ޢުމަރު ޒާހިރަކީ އެމަނިކުފާނުގެ ޤަބުރު ވަޅުލަން ސަހަރާއަށް ގެންދެވުމުން އުޑަށް ބަޑިޖަހައި މަލާއިކަތުން ފައްސަން ބޭނުންވާ ބޭފުޅެއް ނޫނެވެ. ޢުމަރު ޒާހިރު ބޭނުންފުޅުވާނީ ވީހައި ގިނަ މަލާއިކަތުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަޅުފުޅުލުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭށެވެ! ސަންދޯއް އުފުލާ މީހުންގެ ބަރު ބޫޓުތަކުން މަހާނަތައް މަތީގައި ހިނގައި ވަޅުލެވިފައިވާ މީހުންނަށް އެކަމުން އުނދަގޫވާން ޢުމަރުޒާހިރު ބޭނުންފުޅެއް ނުވާނެއެވެ. ޖަނާޒާގައި ދުޢާކުރުން ފިޔަވައި އަޑުގަ ހުރިބާރަށް ހަޅޭއްލައްވަމުން އެނެރޭ އަޑުތައް ނެރޭކަށްވެސް އުމަރު ޒާހިރު ބޭނުންފުޅެއް ނުވާނެއެވެ." 

ޢުމަރު ޒާހިރު ހިމެނިވަޑައިގަންނަވާނީ މަޤާމުގައި ހުންނަވައިގެން މިސްކިތުގެ ޖަމާއަތަށް އެންމެ ގިނައިން ވަޑައިގެންނެވި ވަޒީރެއްގެ ގޮތުގައެވެ. އެގޮތަށް އުޅުއްވާއިރު މީހަކު ސުވާލެއް ކުރިނަމަވެސް ވަގުތުން ޖަވާބުދެއްވައެވެ. 

ޢުމަރު ޒާހިރަކީ މިނިސްޓަރުކަމުގެ މަޤާމުގައި ހުންނަނވައިގެން އަބަދުހެން ބައިސްކަލެއްގައި އުޅުއްވި ބޭފުޅެކެވެ. އެގޮތަށް ޢާންމުންގެ ތެރޭގައި އުޅުއްވި ނަމަވެސް އެމަނިކުފާނަކީ މީހުންނަށް އަނިޔާވެރިވެވަޑައި ނުގަންނަވާ އަދި ދައުލަތުން ވައްކަން ނުކުރައްވާ ބޭފުޅަކަށްވުމުން އެއްވެސް މީހަކު އެމަނިކުފާނު ފަހަތުން ދުވާތަނެއް ނުފެނެއެވެ.

- އުމަރު ޒާހިރުގެ އެކުވެރިއެއް -

މިއަދު އޮންލައިން