ޢަރަބިއްޔާ ސްކޫލްގެ ޢިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބުނުކަން އެޕްރީލްމަހު އެނގުމުން ވެސް މައްސަލަ "ބަނޑުދަށުލާފަ" ބޭއްވި މައްސަލަ ސަރުކާރުން ބައްލަވާނެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެފައިވާކަމަށް ބައްދަލުވުމުގައި ބައިވެރިވި ބެލެނިވެރިއަކު މިއަދުނޫހަށް ވަނީ މައުލޫމާތު ދީފައެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިފަދަ ބަސްފުޅެއް މިއަދުވިދާޅުވެފައިވާއިރު ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުން ޢިއްޒުއްދީން ސްކޫލަށް ބަދަލުކުރުމުން ކިޔެވުން ނިމޭނީ ދަންވަރުކަން ވަޒީރު ކަމަނާ އެމަނިކުފާނަށް ދަންނަވާފައިނުވާކަމަށް ނައިބް ރައީސް ވަނީ ވިދާޅުވެފައެވެ.
ޢަރަބިއްޔާ ސްކޫލްގެ ޢިމާރާތަށް ކުރިމަތިވި މައްސަލަތައް ކުރިމަތިވީ ކުއްލިއަކަށް ނޫނެވެ. ކޮންމެ ދުވަހަކުވެސް އައީ މައްސަލަތައް ފެންނަމުންނެވެ. ތައުލީމީ ވަޒީރުގެ ސަމާލުކަމުން އެކަން އެކަހެރިކޮށްފައި ނުބަހައްޓައި އަމަލުކުރިނަމަ މިއަދު ކުރިމަތިވެގެން މިއުޅޭ ޙާލާއި ކުރިމަތިލާން ނުޖެހޭނެކަމަށް ބެލެނިވެރިން ދަރީ ބުނަމުންނެވެ.
"މިއުޅެނީ ފަލަސްޠީނަށް ނުނީ ޣާޒާއަށް ކުރިމަތިވާހެން އިރުއަރާއިރު ޔަހޫދީން ބޮންއަޅާފަ ހުރެގެން ސްކޫލްތަކުގަ ކިޔަވައި ނުދެވޭ ގޮތަށް ކަންކަން މެދުވެރިވެގެނެއް ނޫން! މިއުޅެނީ ޔަހޫދީ ފިކުރުގެ ބައަކު އިސްކޮށްތިބެގެން ރާއްޖޭގެ އިސްލާމީ ތައުލީމުގެ ނިޒާމަށް ހަމަލާދެމުންދާ މައްސަލައެއް! ޢަރަބިއްޔާއަށް އެއަޅަނީ އެބޮން!"
"ވަޒީރުގެ ޗާޓާ ޙަޤީޤަތުގަ ކަންކަންކުރެވޭނެގޮތާ ވަރަށް ތަފާތު. ޢިއްޒުއްދީންސްކޫލާ ޝެއާކުރާގޮތަށް ބަދަލުކޮށްފަ ދަންފަޅިއެއްގަ 5 ގަޑިއިރު ހަމަވާގޮތަށް ކިޔަވައިދޭނަމަ ދެ ސެޝަނުގެ ކިޔެވުން ނިމޭނީ ދަންވަރު 2 ޖަހާއިރު" ކަމަށް ބެލެނިވެރިއަކު ބުނެފައެވެ.
ޢަރަބިއްޔާ ސްކޫލް ވުޖޫދުން ފުހެލުމަށް ހީލަތްތެރި ރޭވުންތައް އަބަދުވެސް ގެންދަނީ ރާވަމުންނެވެ. އެފަދަ ކޮންމެ ނުބައި ރޭވުމަށް ﷲ ތަޢާލާ ގެންދަވަނީ ބާޠިލްކުރައްވަވަމުންނެވެ. އެކަން އެގޮތުގައި ލަހައްޓަވާށި! އާމީން