ޢުމަރު ޒާހިރަކީ ފަހުގެ ތާރީޚަށް ބަލައިފިނަމަ މުރާލިކަމުގެ ލާމަސީލު ނަމޫނާއެވެ. ކުރައްވާ ކޮންމެ ކަމެއް އެންމެ ގާތުން ބަލަހައްޓަވަމުން ކުރިއަށް ގެންދެވުމުގައި ލާމަސީލު ބޭފުޅެކެވެ. މިނިސްތަރުކަން ކުރެއްވީ ިނިކޮޓަރީގައި އިންނަވައިގެނެއް ނޫނެވެ. މަގުމަތީގައި ސަރުދާރެއްގެ ދައުރުވެސް އަދާކުރައްވަމުންނެވެ.
ދެންބަލައިލަންވީ މަޖީދިއްޔާ ސްކޫލުގައި ހެޑްމާސްޓަރުކަން ކުރެއްވި ޒަމާނަށެވެ. ރަސްމީ ގަޑި ނިމުމުން ގޭގައި އޮންނެވީއެއް ނޫނެވެ. ވިއްސާރަވެއްޖެނަމަގުތަކުގައި ފެންބޮޑުވެފައި އޮތް ޒަމާނުގައި ބައިސްކަލެއްގައި ނުކުންނަވައި ކުދިން ރޭގަނޑުގެ ނަމާދުތައް ކުރައްވާތޯ ބައްލަވައެވެ.
އެމަނިކުފާނުގެ ނަންފުޅުގައި ހެޑްމާސްޓަރުންނަށް އެވޯޑެއް ދިނުން ހައްޤުވެގެންވަނީ އެމަނިކުފާނަކީ ރާއްޖެ ދެކެފައިވާ އެންމެ ކުޅަދާނަ، އެންމެ ހީވާގި، އެންމެ ގާތުން ދަރިވަރުންގެ ކަންކަން ބެއްލެވި ހެޑްމާސްޓަރު ކަމުގައިވާތީއެވެ.
މިއަދު ރާއްޖޭގެ ކޮންމެ ސްކޫލަކަށް ވަނީ ދަރިވަރުންގެ ކަންކަން ބަލަހައްޓާނެ 3، 4 ހެޑްމާސްޓަރުންނަށް ބޭނުންވެފައެވެ. ހެޑްމާސްޓަރުންގެ ޒިންމާއަކީ ސްކޫލުގެ 4 ފާރުން އެތެރެކަމަށް ހަދައިގެން ތިބެވޭކަށްވެސް ނެތެވެ. މިކަންކަން މިއީ ވަރަށް ފުންކޮށް ވިސްނައި އަވަސްފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަންކަން ކަމުގައި ގިނަ ބައަކު ފާހަގަކުރެއެވެ.